މަސައްކަތް
ނަންބަރު: (IUL)GS-30/GS-30/2021/23
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 19 ޑިސެންބަރު 2021 11:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ގދ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް


2022 ޖަނަވަރީ 01 ން 2022 ޑިސެމްބަރ 31 އަށް، ކޮންޓްރެކްޓް އުޞޫލުން މި މަދަރުސާގެ ސެކިޔުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2021 ޑިސެމްބަރު 13  އިން 16 އަށް ، ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 13.00 އަށް ގދ.އަތޮޅު މަދަރުސާއަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

*މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2021 ޑިސެމްބަރ 19 ވާ އާދިއްތަ ދުވަހުގެ 11.00 ގައި މި މަދަރުސާގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެމްބަރު 2ވާ ބުދަ ދުވަހުގެ 13.00 ގައި މި މަދަރުސާގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

* އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅުމަދަރުސާގެ

ފޯނުނަމްބަރ : 7983083

ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2022 ވަނަ އަހަރަށް ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓު " މިހެން ލިޔެވައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖުމާދަލް އޫލާ 1443

12 ޑިސެންބަރު 2021

12 ޑިސެންބަރު 2021