ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)239-PS/239/2021/37:
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 21 ޑިސެންބަރު 2021 11:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ކޮޅުމަޑުލު އަޖުމަ ވަތި " ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

               ނަމްބަރ (IUL)239-PS/239/2021/37:

އިޢުލާން

 

" ކޮޅުމަޑުލު އަޖުމަ ވަތި " ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން  

 

މިއިދާރާގެ ފަރާތުން އެއްގަމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހަދާފައިވާ " ކޮޅުމަޑުލު އަޖުމަ ވަތި " ހިމެނޭ ބިމާއި، އެ ބިމާ އިންވެގެން އޮންނަ މަގުތައް 2022 ޖަނަވަރީ 01 ން 31 ޑިސެންބަރ 2022 އަށް، ވިނަނޮޅާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

15 ޑިސެންބަރ 2021 ( ބުދަ ) ދުވަހުގެ 10:30 ގެ ކުރިން

21 ޑިސެންބަރ 2021 ( އަންގާރަ ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިއިދާރާގެ ނަންބަރު 6780700 އަދި 9966030 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

12 ޑިސެންބަރ 2021

08 ޖުމާދަލްއޫލާ 1443

     ޢަބްދުﷲޝަރީފް ޢަބްދުލްފައްތާޙް

    ކޮޅުމަޑުލުއަތޮޅުކައުންސިލްގެރައީސް

 

12 ޑިސެންބަރު 2021