ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)273/273/2021/43
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 14 ޑިސެންބަރު 2021 11:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

             

                  މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، 05 ކޮމްޕިއުޓަރ ސިސްޓަމް ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                  މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ހީރާސް ކުރެވިފައިވާނެއެވެ.  ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 14 ވަނަ ދުވަހުގެ 11:00  ގައި މިކައުންސިލްގެ އިދާރާގައެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

                                           12 ޑިސެމްބަރ 2021

 

12 ޑިސެންބަރު 2021