ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2014/56
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 14:24
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮލިމްޕަސް ހޯލް ދޫކުރާ އަގުތަކަށް ގެނެވުނު ބަދަލު އާންމު ކުރުން
އޮލިމްޕަސް ހޯލް ކުއްޔަށްދޫކުރާ އަގުތައް މިހާރުވަނީ ބަދަލުކުރެވިފައެވެ. ވީމާ، އަގުތަކަށް ގެނެވުނު ބަދަލު އާންމުކޮށް އިޢުލާނުކުރަމެވެ.
- އިވެންޓްތަކަށް ހޯލް ތައްޔާރުކުރުމަށް ދުވާލަކަށް ( -/2500 )
- (ފިލްމު ދެއްކުން ފިޔަވައި) އެން.ސީ.އޭ ގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ކުރުމަށްޓަކައި އެފަދަ ފަރާތްތަކުން އެން.ސީ.އޭ އާ ގުޅިގެން ހިންގާ ޕުރޮގުރާމުތަކަށް ދުވާލަކަށް ( -/3,000 ރުފިޔާ )
- ދިވެހި ފިލްމު ދެއްކުމަށް ޝޯވއަކަށް ( -/4,000 ރުފިޔާ)
- ކޮންސެޓް އަދި ފެސްޓިވަލްތަކަށް ދުވާލަކަށް (-/5,000 ރުފިޔާ)
- ޖަލްސާ ފަދަ އެހެނިހެން ހަރަކާތްތަކަށް ދުވާލަކަށް (-/5,000 ރުފިޔާ)
- އެހެނިހެން ފިލްމު ދެއްކުމަށް ޝޯވއަކަށް (-/6,000 ރުފިޔާ)
- ހެވީ މެޓަލް ފިޔަވައި އެހެނިހެން ސްޓޭޖް ޙަރަކާތްތަކަށް ދުވާލަކަށް (-/8,000 ރުފިޔާ)
25 ރަމަޟާން 1435
23 ޖުލައި 2014