ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2021/56
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 20 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމާއިގުޅޭ

                 ދަނޑުބިންދޫކުރާ އުސޫލް ތަކަށާއި ދަނޑުބިން ދޫކުރާ އަދަދަށް ބަދަލުތަކެއް ގެނެވިފައިވާތީވެ މިއިދާރާއިން ކުރިން ކުރެވިފައިވާ ނަންބަރު: (IUL)309-ESM/309/2021/37 (13 އޮކްޓޫބަރު 2021 ) އިޢުލާނު ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

                 އެހެންކަމުން ރ.އިނގުރައިދޫއިން 2 އަހަރު ދުވަހަށް ދަނޑުވެރިކަން ކުރުމަށް އެއްވެސް ކުއްޔަކާއިނުލާ 85 ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދަނޑުބިން ބޭނުންވާ ފަރާތްތަކުން އިނގުރައިދޫއިން ދަނޑުބިން ހޯދުމަށް އެދިހުށައަޅާ ފޯމް ނަންގަވާ ފޯމް ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

                 ފޯމް ލިބިވަޑައިގަންނަވާނީ އިނގުރައިދޫ ކައުންސިލް އިދާރާއިންނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ 09:00-13:00 އަށް މި ކައުންސިލް އިދާރާއިންނެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 20 ޑިސެންބަރ2021  ވާ ހޯމަ ދުވަސް ކަމުގައި ދަންނަވަމެވެ. މި އިޢުލާނާއިއެކު އިނގުރައިދޫއިން ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލް ޢާއްމުކުރީމެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢިލާން ކުރީމެވެ.

09 ޑިސެންބަރު 2021