ދިވެހިރާއްޖެ
ތަޢާރަފާއި ނަން |
1 |
މިއީ ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ވ) އާއި، މި ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ނަންބަރ: 1154R-/ 2021 ވ ވ.ތިނަދޫގެ ބީޗް ފްރަންޓް ބިން ބޭނުންކުރުމާއި އަދި އެބިމުން ފީނެގުމާބެހޭ އުސޫލުއެވެ. |
އަމަލުކުރަން ފަށާ ތާރީޚު
|
2 |
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މިއުސޫލު ކައުންސިލްގެ ޢާއްމު ބައްދަލުވުމަކުން ފާސްކުރުމަށްފަހު، 1 ޖެނުއަރީ 2022 ވަނަ ދުވަހުން ފެށިގެންނެވެ. |
ބިންބޭނުންކުރުމަށް ދޫކުރެވޭ މުއްދަތު
|
3 |
މިއުސޫލުގެ ދަށުން ބީޗް ފްރަންޓް ބިން ބޭނުންކުރަން ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ މީލާދީ ސަނަދަކުން 5 (ފަހެއް) އަހަރު ދުވަހެވެ. އަދި މިމުއްދަތު އިތުރުކުރަން އެދޭނަމަ ހުއްދަލިބިފައިވާ މުއްދަތު ހަމަވުމުގެ 03 (ތިނެއް) މަސް ކުރިން ބިންބޭނުން ކުރަމުންދާ ފަރާތުން އެކަމަށް އެދި ކައުންސިލަށް ހުށައަޅަންވާނެއެވެ. |
މިއުސޫލު ހިނގާނެ ދާއިރާ |
4 |
މިއުސޫލު ހިނގާނީ ވ.ތިނަދޫ ކައުންސިލްގެ އިޙްތިސާސް ހިނގާ ރަށުގެ ވަށައިގެންވާ އާއްމު ބިންތަކަށެވެ. |
ބިން ބޭނުންކުރުމުގެ ހުއްދަ
|
5 |
ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ބީޗް ފްރަންޓް ގޯއްޗެއްގެ ވެރިފަރާތަށް ނުވަތަ އެފަދަ ގޯއްޗެއް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރާ ފަރާތަކަށް، ނުވަތަ އެފަދަ ގޯއްޗެއް ކުއްޔްށް ހިފައިގެން އުޅޭ ފަރާތަކަށް އެކަންޏެވެ. |
|
6 |
މިއުސޫލުގެ ދަށުން ބިން ބޭނުން ކުރުމަށް ހުއްދަ ދެވޭނީ، ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހަޅުމަށްފަހު، ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތާއި ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. |
|
7 |
ބީޗް ފްރޮންޓް ގޯއްޗެއްގެ ކުރިމަތީގައި ހުސް ބިމެއް އޮވެ، އެބިން ބޭނުން ކުރުމަށްޓަކައި ހުއްދައަށް އެދިއްޖެ ހިނދެއްގައި މިއުސޫލުގެ ދަށުން އަންނަނިވިގޮތަށް ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވިދާނެއެވެ. |
|
|
(ހ) ބިންބޭނުން ކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ބިމަކީ ބީޗް ފްރަންޓް ގޯއްޗެއްގެ ކުރިމަތިން ނުވަތަ އަރިމަތިން އޮތް އަދި އެހެން ގޯއްޗެއްގެ ކުރިމައްޗަށް ނުވާ ގޮތަށް އޮތް ބިމަކަށްވާންވާނެއެވެ.
|
|
|
(ށ) މިއުސޫލުގެ ދަށުން ބީޗް ފްރަންޓްބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، ބޭނުންކުރުމުގެ ހުއްދަ ދޫކުރާ ބިންތަކުގެ ބޮޑު ކުޑަމިން ކަނޑައަޅާނީ ކައުންސިލުންނެވެ.
|
އެއްބަސްވުން |
8 |
ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތާއި ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުން ވެވޭނީ ބިން ބޭނުންކުރުމަށް އެދި ހުށަހަޅާ ފަރާތަށް ބީޗް ފްރަނޓް ގޯތި ބޭނުކުރުމުގެ ހަޢްޤު އޮތް މުއްދަތަށް ރިޢާޔަތް ކުރުމަށް ފަހު، އެމުއްދަތަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. |
|
9 |
އަދި މިއުސޫލުގެ ދަށުން ހުއްދަ ލިބިގެން ބިންބޭނުން ކުރާ ފަރާތަކީ ބީޗް ފްރަންޓް ގޯއްޗެއް ކުއްޔަށްހިފައިގެން ބޭނުންކުރާ ފަރާތެއް ނަމަ ކުއްޔަށްހުފާފައިވާ ބީޗް ފްރަންޓް ގޯތި ބޭނުންކުރުމުގެ ހައްޤު އެފާތަކަށް ގެއްލިޖެ ހާލަތެއްގައި އެއްބަސްވުން ބާތިލް ވާނެއެވެ. |
ބިން ބޭނުން ކުރުން
|
10 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރަންވާނީ، އާއްމު ރައްޔިތުންނަށް އެސަރަހަދަށް ވަދެވޭ ގޮތަށް އެސަރަޙައްދު ބަނދުކުރުމެއް ނެތިއެވެ. ނަމަވެސް ގަސް ޖަހާ، ބައުންޑްރީ ވަކިވާ ގޮތަށް ޒީނަތް ތެރި ކުރުމަކަށް މިމާއްދާގެ ދަށުން ހުރަހެއް ނެތެވެ. |
|
11 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިންތަކުއި ހަޓް ނުވަތަ ހިޔާ ގަނޑު ޖަހާނަމަ، އެފަދަ ހަޓް ނުވަތަ ހިޔާ ގަނޑު ޖަހާންވާނީ ޖަދުވަލު 2 ގައިވާ މިންގަނޑުގެމަތީންނެވެ.
|
|
12 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމަގައި ބިމުގައިވާ އެއްވެސް ރުއްގަހަކަށް އަދި ހޭޅިފަށުގައި ހެދިފައި ހުންނަ އެއްވެސް ގަހަކަށް ގެއްލުމެއް ދީގެންނުވާނެއެވެ. އެހެންނަމަވެސް އެފަދަ ބިމެއްގައި އެއްވެސް ފަރާތަކަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ރުއްގަހެއް ހުރެއްޖެނަމަ އެފަދަ ރުއްގަސް ކައުންސިލްއާ މަޝްވަރާ ކުރަމަށްފަހު ކަނޑާ ރައްކާތެރި ހާލަތަކަށް ބިން ގެންނަންވާނެއެވެ. |
|
13 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމަގައި ބިމުގައިވާ އެއްވެސް ރުއްގަހަކީ އެހެން ފަރާތެއްގެ މިލްކުވެރިކަމުގައިވާ ރުއްގަސް ނަމަ، ސާފު ތާޙިރު ކުރުމާއި ރައްކާތެރި ކަމުގެ ބޭނުމަށް އެރުއްގަހުން އެއްޗެއް ބިނުމާ ކެނޑުން ފަދަ ހަރަކާތެއް ހިންގަންވާރީ، ރުއްގަހުގެ ވެރިފަރާތާއި މަޝްވަރާކޮށްގެން އެފަރާތުގެ ރުހުމާއެކުގައެވެ.
|
މަނާކަންތައްތައް |
14 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމަގައި ބިމުގައިވާ އެއްވެސް ރުއްގަހަކީ އެހެން ފަރާތެއްގެ މިލްކުވެރިކަމުގައިވާ ރުއްގަސް ނަމަ، ސާފު ތާޙިރު ކުރުމާއި ރައްކާތެރި ކަމުގެ ބޭނުމަށް އެރުއްގަހުން އެއްޗެއް ބިނުމާ ކެނޑުން ފަދަ ހަރަކާތެއް ހިންގަންވާރީ، ރުއްގަހުގެ ވެރިފަރާތާއި މަޝްވަރާކޮށްގެން އެފަރާތުގެ ރުހުމާއެކުގައެވެ. |
|
|
(ހ) ދާއިމީކޮށް ކާބޮތަކެތި ތައްޔާރުކުރާފަދަ ބަދިގެ ނުވަތަ ޖޫސް ބަރ ފަދަ ތަންތަން އިމާރާތް ކޮށްގެން ޚިދުމަތް ދިނުން. |
|
|
(ށ) އެއްވެސް ބާވަތެއްގެ މުދަލެއް ގުދަން ކޮއްގެން ގެންގުޅުން (އެހެންނަމަވެސް އިމާރާތް ކުރުމުގެ މަސައްކަތެއް ކުރުމައްޓަކައި، އެމަސައްކަތެއް ނިމެންދެން ވަގުތީ ގޮތުން އެކަމާ ގުޅުންހުރި މުދަލެއް ގުދަން ކުރުން މިއުސޫލުން މަނައެއް ނުކުރެއެވެ) |
|
|
(ނ) ގޮނޑި މޭޒް ފަދަ ތަކެތި ފިޔަވައި އެހެނިހެން އެއްވެސް ބާވަތެއްގެ މުދަލެއް ދާއިމީކޮއް ބަހައްޓައިގެން ޚިދުމަތް ދިނުމަކީ މަނާކަމެކެވެ. އެހެންންމަވެސް ސައުންޑް ސިސްޓަމް އާއި ޓީވީ ފަދަ ތަކެތިވެސް އިސްތިސްނާ ވެއެވެ. |
|
|
(ރ) ބިން ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ކަމަކަށްފިޔަވައި އެހެންއެއްވެސް ކަމަކަށް ބިން ބޭނުންކުރުން |
|
|
(ބ) ދޫކުރެވިފައިވާ ބިން ހިމެނޭ ސަރަޙައްދުތަކަށް އާންމު ރައްޔިތުން ގޮސް އުޅުމަށް ހުރަސްއެޅުން |
|
|
(ޅ) ދޫކުރެވިފައިވާ ބިން އިތުރުފަރާތަކަށް ބޭނުން ކުރުމަށް ދިނުން |
|
|
(ކ) މިފަދަ ބިންތަކުގެ ކުރިމަތިން ހޭޅިފަށުގައި ހެދިފައި ހުންނަ ރުއްގަސް ނެގުމަކީ މަނާކަމެކެވެ. އަދި މިފަދަ ބިންތަކުގައި ހުންނަ ރުއްތަކުން ވެއްޓޭ އެއްޗެއް ވެސް އަދި އެހެން ގޮތަކުންވެސް ރުއްގަހުގެ ވެރިމީހާގެ ހުއްދަ ނެތި ބޭނުން ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ރުއްގަސް އެރުއްގަހުގެ ވެރިމީހާއަށް ނޭނގި އެފަރާތުގެ ހުއްދަނެތި ސާފު ކުރުމަކީ ވެސް މަނާކަމެކެވެ. |
|
|
(އ) މިފަދަ ބިންތަށް ކުނި ނުކަހާ ސާފު ނުކޮއް ބޭއްވުމަކީ މަނާކަމެކެވެ. |
|
|
މީގެ އިތުރުން މި ކަންކަމާއި ޚިލާފުކަމެއް ކޮށްފިނަމަ މި އުޞޫލުގެ 20 ވަނަ އަދި 21 ވަނަ މާއްދާގައި ވާގޮތަށް ފިޔަވަޅު އެޅޭނެއެވެ. |
ސާފުޠާހިރުކޮށް ބިން ބެލެހެއްޓުން
|
15 |
މިއުސޫލުގެ ދަށުން ބޭނުނެކުރުމަށް ދޫކުރެވޭ ބިން އަދި މަގާއިއެކު ބިމުގެ ވަށައިގެންވާ ސަރަހައްދު، ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ޒިންމާއެކެވެ. |
|
16 |
މިއުސޫލުގެ ދަށުން ބޭނުނެކުރުމަށް ދޫކުރެވޭ ބިމަކީ ބަނދަރު ސަރަހައްދުގައި އޮތް ބިމެއްނަމަ ނަމަ ބަނދަރުގެ އެތެރެ ވާޓަރުން ފެށިގެން 10 މީޓަރު ބިން ސާފުކޮށް ބަލަހައްޓަން ވާނެއެވެ.
|
ފީ ނެގުން
|
17 |
މިއުސޫލުގެ ދަށުން ބޭނުނެކުރުމަށް ދޫކުރެވޭ ބިމުގެ ފީ އަކީ، އަކަފޫޓަކަށް މަހަކު 1 (އެކެއް) ރުފިޔާ އެވެ. |
އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިންހިންގަމުން ގެންދާތަންތަން
|
18 |
މި އުޞޫލުގައި ބަޔާން ކުރާ ބިންތަށް މިއުސޫލަށް އަމަލު ކުރަން ފަށާ ތާރީޚުގެ ކުރީން ބޭނުންކުރަމުން ދާނަމަ، މި އުޞޫލަށް ޢަމަލު ކުރަންފަށާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަސްތެރޭގައި މިއުސޫލާ ބަޔާންކޮއްފައަވާ ގޮތުގެ މަތީން ބިން ބޭނުންކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާ، މިއުސޫލަށް އަމަކުރަން ފަށަންވާނެއެވެ. |
އިން ވަކިކުރުން |
19 |
މި އުޞޫލުގެ ދަށުން ބޭނުންކުރުމަށް ހުއްދަ ދޫކުރެވޭ ބިންތަކުގެ އިން ކަނޑައަޅާނީ ބިން ބޭނުންކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ފަރާތާއި މަޝްވަރާކުރުމަށްފަހު ކައުންސިލުންނެވެ. |
އުސޫލާ ޚިލާފުވުން
|
20 |
މި އުޞޫލުގައު ހިމެނިފައިވާ ކަމަކާ އެއްވެސް ފަރާތަކުން ޙިލާފުވެއްޖެނަމަ، އެކަން ރަނގަޅު ކުރުމަށް އަނގާ ފުރަތަމަ ނޯޓިސް އެއް ދިނުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެގްރީމަނޓ ބާތިލް ކޮށް ބިން ހުސްކުރުމަށް އެންގުމުގެ އިޙްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ. |
|
21 |
އަދި މައްސަލަ ޙައްލުވަންދެން މައްސަލައިގެ ބާވަތަށް ބަލައި ކައުންސިލަށް ފެނިއްޖެނަމަ ވަގުތީގޮތުން ބިންބޭނުންކުރުން ހުއްޓުމަކަށް ގެނައުމަށް އެންގުމުގެ އިޙްތިޔާރު މި އުޞޫލުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ބިން ބޭނުންކުރުން ހުއްޓުމަކަށް ގެނެވޭނީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ. |
ދައުލަތުގެ ބޭނުމަށް ބިން ނެގުން
|
22 |
މިއުސޫލުގެ ދަށުން ދޫކުރެވިފައިވާ ބިމެއް ކައުންސިލަށް ނުވަތަ ދައުލަތަށް ބޭނުންވެއްޖެ ހިނދެއްގައި، 30 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެބިން ބޭނުންކުރުމަށް ހުއްދަ ދިނުމުގެގޮތުން ހެދިފައިފާ އެއްބަސްވުން |
މި އުޞޫލްގައި ނެތްކަމެއް ދިމާވުން
|
23 |
މި އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމަކާމެދު އަމަލު ކުރަންވާނީ މި އުޞޫލާއި ގުޅުންހުރި އެހެނިހެން ގާނޫނާއި ގަވާއިދުތަކަށް ބެލުމަށްފަހު ވ.ތިނަދޫ ކައުންސިލްގެ ޢާންމު ބައްދަލުވުމަކުން ފާސް ކުރާ ގޮތެއްގެ މަތިންނެވެ. |