ކުއްޔަށް ދިނުން
ނަންބަރު: 116-F3/IL/2021/153
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:20
ސުންގަޑި: 23 ޑިސެންބަރު 2021 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންދިނުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންދިނުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހަދާފައިވާ މިކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި، "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭންބޭނުންވެއެވެ. އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބުކުރާ ފަރާތްތަކުން މިކުންފުނިންދީފައިވާ އިރުޝާދުތާކާއި އެއްގަޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައި ލައުންޖު ހިންގަންވާނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 23 ވާ ބުރާސްފަތިދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ. އަދި ބިޑު ހުށަހާޅާއިރު USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖަނަވަރީ 20 ވާ ބުރާސްފަތިދުވަހުގެ މެންދުރު 2:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ޖަނަވަރީ 20 ވާ ބުރާސްފަތިދުވަހުގެ މެންދުރު 2:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

09 ޑިސެންބަރު 2021