ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2020/87
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 17:28
ސުންގަޑި: 22 ޑިސެންބަރު 2021 13:30
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

2022 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

މަޤާމް:

އިމާމް، މުދިމް (ޕޫލް ވޭޖް އެމްޕްލޮއިމަންޓް)

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމެންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުރެންދޫ މިސްކިތްތައް (ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ)

މުއްދަތު

01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރު 2022

މަސްޢޫލިއްޔަތަކާއި ވާޖިބުތައް:

1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސުޕަވައިޒަރަށް ޖަވާބުދާރީވުން

2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3- ކުރެންދޫ ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތެއްގައި އިމާމެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

4- ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއިއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.

5- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެ ކަމެއް ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅު ކުރެވޭތޯ ބެލުން.

6- ކުރެންދޫ ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުމާއި ކަށުނަމާދު ކުރުން.

7- މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.

8- މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުމާއި ކައުންސިލް އިދާރާއަށް ރިޕޯރޓް ކުރުން

9- މިސްކިތާއި ހަވާލުވެ ހުންނަ އިމާމަކު ކައުންސިލް އިދާރައަށް ނިކުމެ ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް ޢުޒުރުވެރިވެއްޖެ ނަމަ އެދުވަހުގެ ބާކީ އޮތް ބަޔަށް މިސްކިތަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ އެވަގުތަކު ޙަވާލުވެ ހުންނަވާ އިމާމެއްގެ މަސްޢޫލިއްޔަތެކެވެ.

މަޤާމުގެ ޝަރުޠުތައް

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

އިމާމު

GS3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  61.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

ނެތް

މުދިމު

GS1

 

 

ތަޖުވީދުގެ މަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

53.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށްވާ ފައިސާ)

ނެތް

 

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

06 (ތިނެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމެންޓް

ރޭންކް:

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުރެންދޫ މިސްކިތްތައް (ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ)

މުސާރަ:

 (މަސައްކަތު) ކޮންމެ ނަމާދު ވަގުތަކަށް 45.00 (ސާޅީސް ފަހެއް ރުފިޔާ)  ދުވާލަކު 5 ގަޑިއިރު

މަސްޢޫލިއްޔަތަކާއި ވާޖިބުތައް:

  • މިއިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނިއުކާލެވޭގޮތަށް ބޭރުގައި ބެހެޓުން
  • މިސްކިތުގައި އޯވަރ ހެޑް ޓޭންކް ބެހެއްޓިފައި ހުންނަ ނަމަ އަހަރަކު ހަތަރު ފަހަރު އޯވަރ ހެޑް ސާފުކުރުން.
  • އިމާމް/މުދިމް އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުކުރުން.
  • މިސްކިތަކަށް ލިބެމުންދާ ގެއްލުންތައް ޤައިވާއިދުން އިމާމް/ މުދިމުންނަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ދިއުން.
  • ކައުންސިލް އިދާރާ އާއި އިމާމް/ މުދިމް ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • މިސްކިތަކުގައި ބަހައްޓާފައި ހުންނަ ފެން ތާނގީތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން އަހަރަކު އެއްފަހަރު ދޮވެ ސާފުކުރުން.
  • މިސްކިތުގެ ފުރާޅުތަކާއި ދިޔަދޮވިތައް މަހަކު ދެ ފަހަރު ސާފުކުރުން
  • މިސްކިތުގެ ފާޚާނާއާއި އިސްކުރުބުރި ދުވާލަކު އެއްފަހަރު ރަގަޅަށް ދޮވެ ސާފުކުރުން
  • މިސްކިތުގެ ވަޅުތައް ސާފުކޮށް ބެލެހެއްޓުމާއި އަހަރަކު ހަތަރު ފަހަރު ވަޅުދިޔަ ހިއްކާ ސާފުކުރުން
  • ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

1- ލިޔަން ކިޔަން އެގުން

ނޯޓް:

ލިޔަން ކިޔަން އެންގޭކަން ދެނެގަންނާނީ:

-  ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ.

ނުވަތަ،

- ލިޔަން ކިޔަން އެންގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން:

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ:

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަލުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢުލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށްއެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- އަސާސީ ޝަރުތު ހަމަވުމުން %30

2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

3- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

4- އިންޓަވިއު/ ޕްރެކްޓިކަލް %60

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރު 2021 ގެ 13:30ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަލައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަތަނާއި މުއްދަތު):  މިމަޤާމަށް އިންޓަރވިއުކުރުން ބޭއްވޭނީ 23 ޑިސެމްބަރު 2021 ދުވަހުން ފެށިގެން 31 ޑިސެމްބަރު 2021 ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ:

އިމާމް ނުވަތަ މުދިމް މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %60 (ސާޅީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަސައްކަތު މީހެއްގެ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %70

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620450 ފޯނާއެވެ.  އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv :  އެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2021