ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ،
ދިވެހިރާއްޖެ
ނަމްބަރު: IUL10-F/10/2021/249
އިޢުލާން
މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 26 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖްގެ ކޮންސެޕްޓް، ބެކްޑްރޮޕް އަދި ސައުންޑާއި، ލައިޓް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.