ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކުރީގެ ޕްރީސްކޫލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 04 ނޮވެމްބަރ 2021 ގައި ކޮށްފައިވާ ނަންބަރު އިއުލާނާއި އެ މަސައްކަތާއި ގުޅިގެން ދެވިފައިވާ މައުލޫމާތުގައި ބައެއް ކަންކަން ހިމެނިފައިނުވާތީވެ، އެ އިޢުލާނު ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.
އދ.ހަންޏާމީދޫ ކުރީގެ ޕްރީސްކޫލު މަރާމާތުކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް، 09 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް[email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް، ނުވަތަ މި ކައުންސިލްގެ ނަންބަރ 6680056 ގުޅައި ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަކާއި ސައިޓު ވިޒިޓިންގ އެއް 15 ޑިސެމްބަރު 2021 ވާ ބުދަ ދުވަހު މެންދުރުކުރީ 10:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މިކަމަށްއެދި ބިޑު ހުށަހެޅޭނީ މި އިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.