ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2021/77
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު މާޒު އެވެކިޔާ ގޯތީގެ އިރުމަތިން އިންވެގެން އޮތް ބިމާއިގުޅޭ.

އިޢުލާން

 

ރ. މާކުރަތު މާޒު އެވެކިޔާ ގޯތީގެ އިރުމަތިން އިންވެގެން އޮތް ބިމާއިގުޅޭ.

 މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 06/E9C/2007 ޤަޟިއްޔާގެ ޙުކުމުގައި      "ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން -/150(ސަތޭކަ ފަންސާސް) ރުފިޔާގެ ޖޫރިމަނާކޮށް 30 އޭޕްރީލް 2007 ން ފެށިގެން 7 ދުވަހުގެ ތެރޭގައި މާކުރަތު ކޯޓަށް ފައިސާ ދެއްކުމަށާއި އެގޯތީގައި ރާނާފައިވާ ކޮޓަރިއާއި ވަޅުބުރިއާއި 02ފޫޓުގެ އިންފާރާއި ގޯތީގައި އިންދާ ހައްދާފައިވާ ގަސްތައް 30 އޭޕްރީލް 2007 ން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ނަގާ ބިންސާފުކޮށް ބިން މާކުރަތު އޮފީހަށް ހަވާލުކުރުމަށް އަންގާ މި މައްސަލަ ނިންމީއެވެ." މިފަދައިން ޙުކުމް ކޮށްފައިވެއެވެ.

ވުމާއެކު މި މައްސަލާގެ ދައުވާ ލިބުނު ފަރާތުން 03 މެއި 2007 ގައި ކޯޓަށް ފައިސާ ދައްކާ މާކުރަތު އޮފީހަށް އައިސް ޙުކުމުގައިވާ ފައިސާ ދައްކާފައިވާ ކަމަށާއި ނަމަވެސް ބަލިހާލު ހުރި ގޮތުން ބިންސާފުކުރުމަށް އުޒުރުވެރިވާކަމަށް ވަނީ ދަންނަވާފައެވެ.

މިހެން ކަމުން މަތީގައި ދެންނެވިފައިވާ ބިމަކީ މި ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިމަކަށްވެފައި އެބިމުގައިވާ ނުއުފުލޭ މުދަލާއި ރުއްގަހާއި ވަޅުފަދަ ތަންތަނުގެ މިލުކުވެރި ކަމާމެދު ޝަރީޢަތުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު އެތަކެއްޗަކީ މި ކައުންސިލުގެ ތަކެތިކަމުގައި ދަންނަވަމެވެ. އަދި މި ބިމުގައިވާ ތަކެތީގެ މިލްކުވެރިކަމާމެދު ދައުވާ ކުރާފަރާތެއް ވާނަމަ ޝަރީޢަތަށް އެކަމެއް ހުށަހަޅާއިގެން ޝަރީޢަތުން ގޮތެއް ނިންމެވުމަށް ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ބިމާއި، އެބިމުގައިހުރި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ރުއްގަސް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް އަންގާ ނަޞޭހަތް ތެރިވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

05 ރަބީޢުލްއާޚިރް 1443

10 ނޮވެންބަރު 2021