ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2021/28
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 19 ޑިސެންބަރު 2021 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ފާހަގަ ކޮށްފައިވާ ސަރަޚައްދުތަކުގައި ހުރި ރުއްގަސް ކެނޑުމާއި ގުޅޭ

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސްރޫއުގެ ޑަބްލިޔު.ޓީ.ޕީ ބެހެއްޓުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި 146 ރުއް އަދި ނަރުދަމާގެ އެސް.ޓީޕީ އަށް ފާހަގަ ކޮށްފައިވާ ބިމުގައި ހުރި 70 ރުއް ކަނޑަން ބޭނުންވެއެވެ. ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމްކޮށްފައިވާ ސަރަޚައްދުގެ ދެކުނުން ޑަބްލިޔު.ޓީ.ޕީ ހެދުމަށް ހަމަޖެހިފައިވާ ސަރަޚައްދާއި ފަރީދީމަގުގެ އިރުއުތުރު ކޮޅުގައި ނަރުދަމާ ނިޒާމުގެ އެސް.ޓީ.ޕީ ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޚައްދުގައި ކެނޑުމަށް ހަމަޖެހިފައިވާ ރުއްތައް ފާހަގަކުރުމަށް ހުދުކުލަ އަދި ކަޅުކުލައިން ނަންބަރުޖަހާ ފާހަގަ ކޮށްފައިވާނެއެވެ.

                       ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން  ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 19 ޑިސެމްބަރ 2021 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

                       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2021