ކުއްޔަށް ދިނުން
ނަންބަރު: (IUL)305/305/2021/86
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 21 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

އިޢުލާން

 

މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

          މިކައުންސިލްގެ ބެލުމުގެ ދަށުގައި، ރަށުގެ އެކިސަރަޙައްދުތަކުގައި ހުރި ރުއްތައް (228) ރުއް 4 ބަޔަށް ބައިކޮށް (57) ރުއް ބަޔަކަށް ވާ ގޮތަށް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.

          މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 4009830 ފޯނަށް ގުޅުއްވުން އެދެމެވެ.

  • ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-2000 ރުފިޔާ އެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ކުރިމަތިލެވޭނީ 1 ބަޔަށެވެ.

ރުއްތައް ބައިކުރެވިފައިވާ ގޮތް

ނަންބަރ(ގްރޫޕް)

1

2

3

4

ރުކުގެ ނަންބަރ

C01-C57

C58-C114

C115-C171

C172-C228

 ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
  2. ރުއްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
  3. ރުއްތަކުންލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.

ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ހުށަހަޅާ އެންމެ ބޮޑު އަގު (އަހަރުދުވަހަށް) 75%
  2. ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
  3. ރުއްރަކުންކުންލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 ޖުމާދަލްއޫލާ 1443

09 ޑިސެންބަރު 2021