ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)355/355/2021/100
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:40
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ގެސްޓް ބީޗް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް

1-      ގެސްޓް ބީޗްގެ ގޮތުގައި ކަނޑައެޅިފައިވަނީ ރަށުގެ ހުޅަނގުން އުރީދޫ ޓަވަރަށްވާ މަގުން ހުޅަގަށް ރަށުގެ ދެފަރާތުގެ ބީޗްގެ  ދެކުނުން 100ފޫޓުގެ ދިގުމިން އަދި އުތުރު ފަރާތުން 200ފޫޓުގެ ދިގުމިނުގައެވެ.

2-      ގެސްޓް ބީޗް ބޭނުންކުރަންވާނީ ފެންފުށީ ގެސްޓްހައުސް ތަކުގައި ތިބޭ ގެސްޓުންނެވެ.

3-      އެހެން ރަށްރަށުގެ ގެސްޓުން ބީޗް ބޭނުންކުރާނަމަ، ކޮންމެ ގެސްޓްއަކު 5$ ގެ ފީއެއް ދައްކަންވާނެއެވެ އަދި ބީޗް ބޭނުން ކުރަން އައުމުގެ 1 ދުވަސް ކުރިން ކައުންސިލްއަށް އަންގަންވާނެއެވެ.

4-      ގެސްޓް ބީޗް ބޭނުންކުރެވޭނެ ދުވަސްތައް

(ހ) ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް.

5-      މި އުސޫލު ފާސްވާ ދުވަހުން ފެށިގެން އާދީއްތަ އިން ބުރާސްފަތި އަށް ރައްޔިތުން ތުނޑިޔަށް ދިއުމަށް ބޭނުންކުރާނީ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އުތުރުން ތުނޑިއަށް ދާން އޮންނަ މަގުންނެވެ.

6-      ގެސްޓް ހައުސް އިން ގެސްޓުން ބީޗްއަށް ދާންވާނީ ކެޝުއަށް ހެދުމުގައެވެ. އަދި އެބުރި އަންނަންވާނީ ވެސް އެގޮތުގައެވެ.

7-      ގެސްޓް ބީޗް ކުނިކަހައި ބެލެހެއްޓުމަކީ ގެސްޓް ހައުސްތަކުގެ ޒިންމާއެކެވެ.

8-      ގެސްޓް ބީޗް ބޭނުންކުރާ ރަޖިސްޓެޑް ގެސްޓްހައުސްތަކުން ފެންފުށީ ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.

9-      މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މި އުސޫލަށް އެއްވެސް ބަދަލެއް ގެނެވޭނީ ކައުންސިލް އިން ކަނޑައަޅާ ނިންމާ ގޮތެއްގެ މަތީންނެވެ.

2021 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުގައި އުޞޫލް ފާސްކުރެވިފައި

09 ޑިސެންބަރު 2021