މަސައްކަތް
ނަންބަރު: GS135/IUL/2021/10
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 21 ޑިސެންބަރު 2021 11:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
2022ވަނަ އަހަރު ބ.މާޅޮހުސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

          2022 ވަނައަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރ 2021 އިން 16 ޑިސެމްބަރ 2021 އަށް ހެނދުނު 9:00 އިން 14:00 އަށް މިސްކޫލަށް ހާޒިރުވެ ނުވަތަ ފޯނު މެދުވެރިކޮށް ސްކޫލް އޮފީހުގައި ނަންނޯޓް ކުރުން އެދެމެވެ. އަދި ނަން ނޯޓްކުރާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

މައުލޫމާތު ދިނުމުގެ ސެޝަން

2021 ޑިސެމްބަރ 21 ވާ އަންގާރަ ދުވަހުގެ 11:00

2021 ޑިސެމްބަރ 19 ވާ އާދިއްތަ ދުވަހުގެ 11:00

 

        މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

09 ޑިސެންބަރު 2021