ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބ. އަތޮޅު ކައުންސިލަށް ޤާނޫނީ މަސައްކަތް ކޮށްދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން.
ބ. ކައުންސިލްގެ އިދާރާއަށް ބޭނުންވާ ޤާނޫނީ ކަންކަމުގައި ލަފާ ފޯރުކޮށްދީ ، މި ކައުންސިލުން ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހަޅާ މައްސަލަތަކުގެ އިތުރުން ކައުންސިލްގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި، ކައުންސިލްގެ ފަރާތުން ވަކާލާތުކޮށް، ކައުންސިލް ތަމްޘީލުކޮށްދިނުމުގެ މަސައްކަތް 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްދޭނެ ލޯފާމެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2021/41 އިޢްލާން ބާތިލްކޮށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޑިސެންބަރު 13 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2021 ޑިސެންބަރު 16 ވާބުރާސްފަތި ދުވަހުގެ 13:00 ގެކުރިން އަންދާސީ ހިސާބު މިކައުންސިލަށް ވަޑައިގެން ހުށަހެޅުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، ބީލަމުގައި ރަޖިސްޓްރީވުމަށް ދެވިފައި މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އީމެއިލް ކުރައްވާއިރު، ބީލަން ހުށަހަޅުއްވާ ފަރާތުގެ ނަމާއި ،ފޯން ނަންބަރާއި، ލޯފާމްގެ މަޢުލޫމާތުގެ އިތުރުން، މި ކައުންސިލުން ބިޑާގުޅޭ މައުލޫމާތުގެ ކަރުދާސް ފޮނުވާނެ އީމެއިލެއް ހިމަނުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްއިދާރާއަށެވެ.
05 ޖުމާދަލްއޫލާ 1443