ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)377/377/2021/17
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 19 ޑިސެންބަރު 2021 12:50
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ރިނބުދޫ ޔޫތުސެންޓަރގެ އުތުރު ފަރާތު ދެ ކޮޓަރިއާއި ފާޚާނާތައް މަރާމާތުކުރާނެ ފަރާތެއް ހޯދުން

c

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2021/17

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                 

ދ.ރިނބުދޫ ޔޫތުސެންޓަރގެ އުތުރު ފަރާތު ދެ ކޮޓަރި އާއި ފާޚާނާތަކުގައި ކުރަންހުރި ބައެއް މަރާމާތުތައް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ރަޖިސްޓްރީ ކުރުން:

          އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ  ބައްދަލުވުން އޮންނާނީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:50 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުން :

            މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 19 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:50  ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުކުރުން:

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

04  ޖުމާދަލްޢޫލާ     1443

08 ޑިސެމްބަރ      2021

08 ޑިސެންބަރު 2021