ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-ADS/233/2021/25
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 20 ޑިސެންބަރު 2021 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލުން 'އޭ' ޒޯން ލައިސަންސް ދޫކުރަން ފެށުން

އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން،     އޭ-ޒޯން ލައިސަންސް (އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ކާޑު) ދޫކުރުމުގެ އެންމެހައި ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. އެހެންކަމުން، މި ޚިދުމަތް ފެށުމުގެ ގޮތުން، އޭ-ޒޯން ލައިސަންސް ދޫކުރުމުގެ ފުރަތަމަ ބުރު، 2022 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، އޭ-ޒޯން ލައިސަންސްގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 20 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ނުވަތަ މި ކައުންސިލަށް ވަޑައިގެން ރެޖިސްޓްރީކުރެއްވުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

އޮންލައިންކޮށް ރެޖިސްޓްރީވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ގޫގުލް ލިންކު މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯރމް ހުށަހެޅުއްވުމަށާއި، އަދި މި ކައުންސިލަށް ވަޑައިގެން ރެޖިސްޓްރީވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން، ރަސްމީ މަސައްކަތު ދުވަސްތަކުގެ 14:00 ގެ ކުރިން މި ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ޑިސެންބަރު 2021