ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-CA/355/2021/66
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 16 ޑިސެންބަރު 2021 13:30
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޓްގެ ބޯޑް އޮފް ޑައިރެކްޓާރސް އައްޔަނުކުރުން

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމާއި ބެހޭ (ޤަވައިދު ނަންބަރ 2021/R-49) ދަށުން އެކުލަވާލާ "ފެންފުށީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުވާނީ ފުރުޞަތު ހުޅުވާލެވިފައެވެ. މިގޮތުން އާންމު ރައްޔިތުންގެ ތެރެއިން ޝައުގުވެރިވާ ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކަށް ފުރުޞަތު ލިބޭނެއެވެ. މިބޭފުޅުން އައްޔަންކުރާނީ ހިންގާ ޤަވައިދުގެ 3ވަން މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ކައުންސިލުގެ ޤަރާރަކުން އައްޔަންކުރާ ފާރާތްތަކެކެވެ.

      ބޯޑް އޮފް ޑައިރެކްޓާސްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މައިގަނޑު މަސައްކަތަކަށްވާނީ، މިކުންފުނީގެ މަސައްކަތުގެ ތެރޭގައި ކުންފުނީގެ ހިންގާ ޤަވައިދާއި، އަސާސީ ޤަވައިދުގައި ބަޔާންކުރެވިފައި ހުރި މަޤްޞަދުތައް ޙާޞިލްކުރުމާއި ގުޅޭ މަސައްކަތް ކުރުމެވެ.

            ބޯޑް އޮފް ޑައިރެކްޓާރސްގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ބޭފުޅުންގެ ޝަރުތުތަކަކީ؛

  1. އދ. ފެންފުށީ ރައްޔިތެއްކަމުގައިވުން
  2. ގްރޭޑް 10 ނިންމާފައިވުން ނުވަތަ
  3. މިނިސްޓް އޮފް އެކޮނޮމިކް ޑިވޮލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޕޮލިސީލެވެލްގައި މަދުވެގެން 1 އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.

  ވީމާ، ފެންފުށީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޓްގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ގޮތުގައި މަސައްކަތް ކުރައްވަން ޝައުގުވެރިވެލައްވާ ބޭފުޅުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ކުރުމަށްފަހު ސިޓީއަކުން މިކައުންސިލަށް 16 ޑިސެމްބަރ 2021ގެ 13:30ގެ ކުރިން އެންގުމަށް އެދެމެވެ.

08 ޑިސެންބަރު 2021