ދިވެހިރާއްޖެ
މިރަށު 02 މިސްކިތުގެ އިމާމުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމު ކަމުގެ މަސްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތެއް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތުދެމުން ގެންދެވޭނެއެވެ.
ބޭނުންވާ ޢަދަދު: 01
މުއްދަތު: 01 އަހަރު
ޝަރުތު:
* އިމާމް ސެޓްފިކެޓް ލެވެލް 3 ޙާޞިލްކޮށްފައި ވުން. ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤުރުއާން ކިޔަވަން އެނގޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.
* 60 އަހަރު ފުރިފައިވާ ފަރާތެއްކަމުގައި ނުވުން.
މުސާރަ ދެވޭގޮތް:
- އިމާމް ސަނަދު އޮންނަ މީހަކަށް ( ނަމާދު ކުރާ ވަގުތަކަށް ) 61 ރުފިޔާ.
- މުދިމް ސަނަދު ނެތް މީހަކަށް ( ނަމާދުކުރާ ވަގުތަކަށް ) 53 ރުފިޔާ.
- މިމަޤާމަކީ އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް ހަމަޖެހިފައިވާ މަޤާމެއް ނޫންކަމުގައި ދަންނަވެމެވެ.
ޙާޟިރުވާން ޖެހޭ ވަގުތު: މިސްކިތުގައި މަސައްކަތް ކުރައްވާ ދާއިމީ އިމާމުން ޗުއްޓީގައި ހުރުން ނުވަތަ ޙާޟިރު ނުވެވޭ ވަގުތު ތަކުގައެވެ.
ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޒީފާއަށް އެދޭ ފޯރމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާ އަށް އެދޭ ފޯރމް މިއިދާރާއިން ލިބެންހުންނާނެއެވެ. މިމަޤާމާ ގުޅިގެން ކުރެވޭ އިންޓަރވިއު 19 ޑިސެމްބަރ 2021 އާއި 22 ޑިސެމްބަރ 2021 އާ ދެމެދު މިކައުންސިލްގައި އޮންނާނެއެވެ. އަދި މިވަޒީފާއާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރ 6760049 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.
ޕޫލްވޭޖްގެދަށުން މުދިމެއް ނެގުމަށް މިކައުންސިލުން ކޮށްފައިވާ އިޢުލާން ނަންބަރ: (IUL)/378/2021/28 އާއި ގުޅިގެން ޝަރުތުހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.