ނީލަން
ނަންބަރު: (IUL)1-CSO(FM)/1/2021/97
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 15 ޑިސެންބަރު 2021 11:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާނު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2021/93 އިޢުލާނުގައިވާ ގޮތުގެމަތިން، 2021 ޑިސެންބަރު 8 ވީ ބުދަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން 2021 ޑިސެންބަރު 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަމިނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީ ގޯތިތެރޭގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2021 ޑިސެންބަރު 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2021 ޑިސެންބަރު 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. މި ދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.

ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، މި އޮފީހަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންދަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

4 ޖުމާދަލްއޫލާ 1443

08 ޑިސެންބަރު 2021