ކުއްޔަށް ދިނުން
ނަންބަރު: (IUL)286-CB/286/2021/94
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 22 ޑިސެންބަރު 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އިކޯކެފޭ ރެސްޓޯރަންޓް ކުއްޔަށް ދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ، އިކޯކެފޭ ރެސްޓޯރަންޓް އަމިއްލަ ތަކެތީގައި މަރާމާތުކޮށް އާބާތުރަ ފިލުވައި ދިގުމުއްދަތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ޝަައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ޕްރޮޕޯސަލްގައި އަންނަނިވި ކަންކަމަށް އަލިއަޅުވާލާ ޕްރޮޕޯސަލް އެކުލަވާލުމަށް ދަންނަވަމެވެ.

1. ޕްރޮޕޯސަލް ހުށައެޅުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތައް:

1.1            ރެސްޓޯރަންޓް އާބާތުރަ ފިލުވައި ބޭނުންކުރެވޭނެ ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލް އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލާ ޕްލޭން

1.2            ޚިދުމަތް ފެއްޓޭނެކަމަށް ލަފާކުރެވޭ ތާރީޚް

1.3            ރެސްޓޯރަންޓްގެ ޚިދުމަތްތައް ޕްރޮމޯޓްކުރުމަށް އަދި އިޝްތިހާރުކުރުމަށް ކަނޑައަޅާ ގޮތްތައް

1.4            ރެސްޓޯރަންޓުން ދެވޭނެ ޚިދުމަތްތަކުގެ ސްކޯޕް (އިންހައުސް ޑައިނިންގ، ކޮފީ ޝޮޕް، ބްރަސަރީ، ޓޭކްއަވޭ، ނުވަތަ އަދިވެސް އިތުރު ޚިދުމަތްތައް)

1.5            ކުއްޔަށް ހިފަން ގަސްތުކުރާ މުއްދަަތު (އަހަރުން)

1.6            ކުލީގެ ގޮތުގައި (މަހެއްގެ މައްޗަށް) ދިނުމަށް ކަނޑައަޅާ މިންވަރު (ރުފިޔާއިން)

1.7            ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (CSR) / އިޖްތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ފައދާއަށް ކޮށްދޭން ކަނޑައަޅާ ކަންތައްތައް، މިކަންތައްތައް ހުށައަޅާއިރު މިކަމަށް ހުރާ ޚަރަދު އެނގޭނެފަދަ ތަފްސީލް ޝީޓެއް ހުށައަޅަންވާނެއެވެ. އަދި އަގުތަކަކީ އާންމު މަސައްކަތުގެ މިންގަނޑުން އެކަށޭނަ އަގުތަކަކަށް ވާންވާނެއެވެ.

1.8            އެޑްވާންސް ފައިސާގެ ގޮތުގައި ދިނުމަށް އެއްބަސްވާ މިންވަރު (ދިވެހި ރުފިޔާއިން)

 

2.     ޕްރޮޕޯސަލް މިންކުރުމުގައި ގެންގުޅޭނެ މިންގަނޑު

ތަފްޞީލް

ބުރަދަން (މާކްސް %)

އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ އަދަދު (ރުފިޔާއިން)

35

ކުލީގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރު (މަހަކަށް)

50

އިޖްތިމާޢީ ޒިންމާގެ ގޮތުގައި މުޖުތަމަޢަށް ކޮށްދޭނެ ކަމެއް ނުވަތަ މަސައްކަތްތައް

15

­    ނޯޓު

*      އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާ އަދަދު އެގްރިމެންޓުގެ މުއްދަތު ހަމަވުމާއެކު، ޢިމާރާތާއި ތަން ޗެކްކުރުމުށްފަހު ކަނޑައަޅާ ގޮތެއްގެ މަތިން އަލުން އަނބުރާ އަދާކުރެވޭނެއެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުލިން ކެނޑޭނެ އިންތިޒާމް ހަމެޖެހޭނެއެވެ.

*      އެޑްވާންސް ފައިސާގެ ގޮތުގައި އެންމެ މަތިން މާކްސް ލިބޭނީ އެންމެ ބޮޑު އަދަދަކަށް އެއްބަސްވާ ފަރާތަށެވެ. އަދި ދެން ނިސްބަތުން ހުށައަޅާ ފަރާތްތަކުގެ ތަރުތީބުންނެވެ.

*      ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދަކީ މަހަކަށް 3000.00( ތިންހާސް ) ދިވެހި ރުފިޔާ

*      އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ނިންމާ މަސައްކަތެއްގެ އަގުގެ ގޮތުގައި ތަފްސީލާއެކު ހުށައަޅާ އަދަދު އެންމެ މަތިން މާކްސް ލިބޭ އަދަދު ގޮތުގައި ބެލޭނެއެވެ. އަދި ދެން ނިސްބަތުން ހުށައަޅާ ފަރާތްތަކުގެ ތަރުތީބުން މާކްސް ދެވޭނެއެވެ.

  •            އިޖްތިމާޢީ ޒިންމާގެ ދަށުން ކަންކަން ކުރެވިދާނެ ދާއިރާތަކުގެ މިސާލު:
  • o          އިކޯޓުއަރިޒަމްގެ ދާއިރާ
  • o          ޞިއްޙަތު
  • o          ޒުވާނުންނާއި ކުޅިވަރު
  • o          ތަޢުލީމީ ދާއިރާ

 

ވުމާއެކު، މިމަސައްކަތުގައި ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ އިވެލުއޭޝަނުން އެންމެ މަތިން މާކްސް ހޯދާ ފަރާތެކެވެ.

މިމަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014 އާއި އަމިއްލަ ފަރުދުންގެ ވިޔަަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

3.     ހުށައަޅަންޖެހޭނެ ތަކެތި:

3.1    ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

3.2    ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ޕްރޮފައިލް (މިއިޢުލާނާއެކު ދީފައިވާ ޕްރޮޕައިލް ހުށައަޅާނެ ފޯމެޓުގަ، ޖަދުވަލު 1)

3.3    އިޢުލާނުގެ ފުރަތަމަ މާއްދާއާއި ދެވަނަ ވަނަ މާއްދާގެ ނޯޓަށް ރިޢާޔަތްކޮށް ބަޔާންވެފައިވާ ކަންކަން ފުރިހަމަކޮށް އެކުލަވާލާފައިވާ ޕްރޮޕޯސަލް

 

  1. 4.     މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށައެޅުން

ތަފްޞީލް

ތާރީޚާއި ގަޑި

މަޢުލޫމާތު ދިނުމުގެ ސެޝަން

15 ޑިސެމްބަރު 2021، 13:00

ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި

22 ޑިސެމްބަރު 2021، 13:00

 

މިއިޢުލާނުގެ 4 ވަނަ މާއްދާގައި ވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑީގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. މިމަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުމުގައި މަޢުލޫމާތު ސެޝަނަށް ވަޑައިނުގެންނެވިކަމުގައިވިޔަސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، މި އިޢުލާނުގެ އިޢުލާން ނަންބަރާއެކު "އިކޯ ކެފޭ ރެސްޓޯރަންޓް ކުއްޔަށް ހިފުން" މިފަދައިން ލިޔެ ކައުންސިލްގެ ކައުންޓަރާއި ޙަވާލުކުރަންވާނެއެވެ. މިއިޢުލާނަށް މެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު ހުޅުވާލެވިފައެއް ނުވެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04   ޖުމާދަލް ޢޫލާ  1443

08  ޑިސެމްބަރު     2021

08 ޑިސެންބަރު 2021