ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެދަށުގައި ހުރި ބައެއް ޢިމާރާތްތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ އިމާރާތްތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2021/84 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުބޮޑުކަމަށް ފެންނާތީ ކުރި މިއިދާރާގެ ނަންބަރު (IUL)253/253/2021/90 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، އަލުން އިޢުލާނު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
1- ކަލޭފާނު ޕްރީސްކޫލް
2- ހިދާޔަތުލް ގުރުއާން ކުލާސް
3- ހަޓް
ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރ 20 ވާ ހޯމަ ދުވަހުގެ 09:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2021 ޑިސެމްބަރ 22 ވާ ބުދަ ދުވަހުގެ 09:00 އަށް އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
4 ޖުމާދަލްއޫލާ 1443
8 ޑިސެމްބަރ 2021