މަސައްކަތް
ނަންބަރު: GS-131/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 20 ޑިސެންބަރު 2021 10:00
ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން 2022 ވަނައަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

 

ކިހާދޫ ސްކޫލް

ބ.ކިހާދު ، ދިވެހިރާއްޖެ              

                                       

ނަންބަރ: GS-131/IUL/2021/09

އިޢުލާން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

          ކޮންޓްރެކްޓް އުސޫލުން 2022 ވަނައަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މިސްކޫލުގައި ނަންނޯޓްކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރުން

ބ.ކިހާދޫ ސްކޫލް

12 ޑިސެމްބަރ 2021

އާދިއްތަ

ސުން ގަޑި: 13:00

މަޢުލޫމާތު ދިނުމުގެ ސެޝަން

ބ.ކިހާދޫ ސްކޫލް

13 ޑިސެމްބަރ 2021

ހޯމަ

މެންދުރުކުރި 10:00 ގައި

އަންދާސީހިސާބު ހުށައެޅުން

ބ.ކިހާދޫ ސްކޫލް

20 ޑިސެމްބަރ 2021

ބުރާސްފަތި

މެންދުރުކުރި 10:00 ގައި

 

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ 6600017/7795883 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއޫލާ 1443

08 ޑިސެމްބަރ 2021

08 ޑިސެންބަރު 2021