މަސައްކަތް
ނަންބަރު: (IUL)285-D/285/2021/62
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 09 ޑިސެންބަރު 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރީގެ ސީލިންގ މަރާމާތު ކުރުމާއިގުޅޭ.

 

 

އިޢުލާން

ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރީގެ ސީލިންގ މަރާމާތު ކުރުމާއިގުޅޭ.

                 ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރީގެ ސީލިންގގައި މިހާރު ހުރި ފިލާތައް ނައްޓުވާ، އެ ސީލިންގގައި އަލުން ފިލާ ޖެހުމަށް ފަހު ކޯނިސް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް، 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯން ނަންބަރު 6560018ށް ގުޅުއްވުން އެދެމެވެ.

                                            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                 04 ޖުމާދަލްއޫލާ 2021

                                 08 ޑިސެމްބަރ 2021

                                        

 

                                                              ޙުސައިން އަބޫބަކުރު

                                                          ހެނބަދޫ ކައުންސިލްގެ  ރައީސް

 

 

 

 

08 ޑިސެންބަރު 2021