ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:51
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ސާރވިސް ޗާޓަރު

ތަޢާރަފް

 

މިލަންދޫ ސްކޫލަކީ ށ. މާކަނޑޫދޫ މީހުން ށ. އަތޮޅު މިލަންދުއަށް ބަދަލުވުމާއި ގުޅިގެން 17 ސެޕްޓެމްބަރ 2000 ގައި ހުޅުވުނު ސްކޫލެއް ކަމުގައިވިޔަސް މިލަންދޫ ސްކޫލުގެ ތާރީޚު ގުޅިފައިވަނީ މާކަނޑޫދޫ ސްކޫލާކަން މިފުރުސަތުގައި ފާހަގަކުރަން. މާކަނޑޫދޫގެ ތައުލީމީ ހަޔާތް ފެށިފައިވަނީ 14 ރަޖަބު  1283 (21 ނޮވެމްބަރ 1866) ވަނަ އަހަރު ވެ. 15 ސެޕްޓެމްބަރ 2000 ވަނަ އަހަރު  މާކނޑޫދޫ ރައްޔިތުން މިލަންދުއަށް ހިޖުރަކުރުމާއި ގުޅިގެން ހިޖުރަކުރި އާއިލާ ތަކުގައި ސްކޫލުގައި ކިޔަވާ 58 ދަރިވަރުންނަށް މިލަންދޫ ސްކޫލުގައި ވަނީ 17 ސެޕްޓެމްބަރ 2000 ފެށިގެން ކިޔަވައިދޭން ފަށާފަައި. މިލަންދޫސްކޫލުގައި ކިޔަވައި ދޭންފެށީ މާކަނޑޫދޫސްކޫލުގެ ހިޔާ ސްކޫލެއްގެގޮތުގައި. އަދި ބޭނުންކުރަމުންއައީ މާކަނޑޫދޫސްކޫލުގެ ޔުނިފޯމާ ބެޖާ އަދި އެދިދައިގެ ހިޔާވަހިކަމުގެ ތެރެއިން.

 

މިލަންދޫ ސްކޫލަކީ 2011 ވަނަ އަހަރުން ފެށިގެން މަތީ ޘާނަވީއަށް ކިޔަވައިދެމުން އަންނަ ސްކޫލެއް. ސްކޫލުގެ އަމާޒަކީ ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުން ގުޅިގެން ސްކޫލުގައި ކިޔަމުންދާ ދަރިވަރުންނަށް ދެވޭ ތަޢުލީމު ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ހަރުދަނާ އުޞޫލުތަކާއި އެކު ދަރިވަރުންގެ ފެންވަރުމަތިކޮށް ތަރުބަވީ ތަޢުލީމެއް ފޯރުކޮށްދިނުން. މިގޮތުން ދަރިވަރުން އަމަލީ ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ޢިލްމާއި ހުނަރާއި، ތަރުބިއްޔަތު ހުރިހާ ދަރިވަރުނަނަށް ދެވޭ ތައުލީމު ފޯރުކޮށްދިނުމަކީ ސްކޫލްގެ މައިގަނޑު އަސާސް.2016 ވަނަ އަހަރު ޕްރީސްކޫލު ކިޔެވުން ރަސްމީތައުލީމުގެ ތެރެއަށް ވަނުމާއެކު ސްކޫލުގައި ޕްރީސްކޫލުގެ ތައުލީމުދޭން ފެށިފައިވޭ.       

      

މިމަދަރުސާގެ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީވެސް މަތީ ޘާނަވީ އަދި އެކި އެކި ރޮގުތަކުންން މަތީތައުލީމު ހާސިލު ކުރުމުގެ ފުރުޞަތު ލިބޭނެ ދަރިވަރަކަށްވުމަށް ބޭނުންވާ މިންގަނޑު ޙާޞިލްކުރުމާއި އޭލެވެލް ނިންމާ ކޮންމެ ދަރިވަރަކު މަދުވެގެން 3 މާއްދާއިން ފާސްވެފައިވާ ދަރިވަރަކަށް ހެދުމާއެކު  ސްކޫލް ކޮންމެ ދަރިވަރަކީ ކިޔަމަންތެރި މީހުންނަށް އަދަބު އިހްތިރާމް އަދާކުރާ އަދި ޤައުމަށް ފައިދާކުރުވަނި ޤާނޫނާއި ޤަވަޢިދަށް ބޯލަނބާ ދަރިވަރުންތަކެއް ބިނާކުރުން. 

 

 

އަމާޒް

އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމައްޓަކާ ހުރިހާ ދަރިވަރުން ޝާމިލްވާ ތައުލީމީ ފުރުސަތު ތަކެއް ފޯރުކޮށްދީ އިސްލާމީ ސަފަތަކާއި އުސޫލުތަށް ކުރިއަރުވައި، ތެދުވެރި؛ އިހްލާސްތެރި، އޯގާތެރި އިޙްތިރާމް ކުރަންނ ދަންނަ ދަރިވަރުން ތަކެއް އުފައްދައި ދިމާވާ ގޮންޖެހުންތަށް ހުރަސްކޮށް ކާމިޔާބަށް ވާސިލްވާން މަގުދައްކައިދިނުން.


To perceive diligently with commitment and dedication to inculcate studiousness and ambition
in attaining wide knowledge, high morality in accordance with Islamic principles and to
indoctrinate patriotism to protect the national identity, integrity, tradition and culture; to
provide an environment to instill the young minds with ideals that their mission is to build a
better society when they leave the school.

 

ތަޞައްވަރު
ބަދަލުވަމުންދާ ދުނިޔޭގައި ސާބިތުވެވޭފަދަ ގާބިލް ޒުވާނުންތަކެއް ބިނާކުރުން.


To thrive and prosper as an unrivalled institute in proliferating amplitude of loyal citizens to
impact expertise and protect the national unity.

 

 

މައިގަނޑު އަގުތައް

ސްކޫލުގެ އަހަރީ ލަނޑުދަނޑިތައް
üމަންހަޖުގައި ކަނޑައަޅާފައިވާ ބައިތައް ފުރިހަމައަށް ޙާޞިލްކުރުން .
üހުރިހާ ދަރިވަރުންނަކީވެސް ލިޓަރަސީ ނިއުމަރަސީ ފުރިހަމައަށް ޙާޞިލްވެފައިވާ ދަރިވަރުންނަށްވުން .
üއުނގެނުމާއި އުނގަންނައިދިނުމުގެ މާޙައުލު ޝާމިލްކުރުމުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް
ގެންދިއުމާއިއެކު އެކުލަވާލެވޭ ޕޮލިސީތައް ޝާމިލްކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެމަތީން އެކުލަވާލައި
ދަރިވަރުންގެ ހުނަރާއި ޤާބިލިއްޔަތު ކުރިއަރުވާ ބައްޓަންކުރުން.
üއޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން ދަރިވަރުން 48އިންސައްތައަށް ވުރެން ފާސްވުން .
üއޯލެވެލް އަދި އޭލެވެލްއިން ދަރިވަރުން ޔޫ ގްރޭޑް ޙާޞިލްކުރާ އިންސައްތަ ދަށްކުރުމާއި ދަރިވަރުންނަށް ދަސްވާރު
އަދި ބީޓެކްފަދަ ސްޓްރީމްތަކުގެ ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ޤާއިމްކޮށްދިނުން .
. üދަރިވަރުންނަށް އިތުރުޙަރަކާތްތަކާއި ޔުނިފޯމް ބޮޑީސްގެ ޙަރަކާތްތައް ފުޅާކުރުން .
. üއާންމު ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި ލީޑަރސިޕް ހަރުދަނާކުރުމުގެ ޙަރަކާތްތައް ދަރިވަރުންނާއި ބެލެނިވެރިންނަށް
ހިންގުން.

 

  

 

މިލަންދޫ ސްކޫލުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ޗާޓް

ޢާއްމު ޚިދުމަތްތައް (ހުރިހާ ޑިޕާޓްމަންޓް/ ޑިވިޝަން/ ސެކްޝަންތައް)

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

އަންނަ ސިޓީ، މެސެޖް، މައްސަލަތަކަށް ޖަވާބުދިނުން.

- ދުވަހުން ދުވަހަށް ޖަވާބުދެވޭ ފަދަ ކަންކަމަށް އެ ދުވަހު ޖަވާބު ދިނުން. އެނޫން ޙާލަތުގައި ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

- އެހެން އިދާރާއެއްގެ ލަފައެއް ނުވަތަ އެތަނަކުން މަޢުލކޫމާތު ހޯދަން ޖެހޭ ފަދަ މައްސަލައެއް ނަމަ އެންމެ ލަސްވެގެން ރަސްމީ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް މަސައްކަތްކުރުން.

2

ޚިދުމަތްތަކަށް އެދޭ ފޯމާއި ތަކެތި ދޫކުރުމާއި ހުށަހެޅުން.

- ފޯމުތައް މިލަންދޫ ސްކޫލްގައި ކައުންޓަރުން ލިބިލައްވާނެ.

- ފޯމުތައް ހުށަހަޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 14:00 އަށް.

 

ކޯރޕޮރޭޓް ސާރވިސް ޑިވިޜަން

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

ރިސެޕްޝަން ޚިދުމަތް

- ހިނިތުންވުމާއިއެކު ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދިނުން.

 

 

ހިޔުމަން ރިށޯރސް މެނޭޖްމަންޓް ޑިވިޜަން

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

މިލަންދޫ ސްކޫލް މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ އެންމެހާ ކަންކަން ކުރުން.

- ހެދިފައިވާ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުން. ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭ މައްސަލަ ހުށަހަޅާ ފަރާތަށް ޖަވާބު ދިނުން.

2

ބިދޭސީ ޓީޗަރުންގެ ވަޒީފާއި ގުޅޭ މަސައްކަތް ކުރުން( ކޮންޓްރެކްޓް، ޗުއްޓީ އާއި ވިސާ އާކުރުމުގެ މަސައްކަތް ކުރުން.

ހެދިފައިވާ ޤަވައިދާއި އުޞޫލުތަކާ އެއްގޮތަށް ޚިދުަމަތް ދިނުން. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުން.

3

މިލަންދޫ ސްކޫލަށް ހުށަހެޅޭ މައްސަލަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ޖަވާބުދާރިވުން.

- ހެދިފައިވާ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުން. ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭ މައްސަލަ ހުށަހަޅާ ފަރާތަށް ޖަވާބު ދިނުން.

 

 

 

 

 

އެޑިޔުކޭޝަނަލް ސުޕަރވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަން

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

ދަރިވަރުންނަށް ދިމާވާ ޞިއްޙީ، ނަފުސާނީ، ޖިސްމާނީ، އިޖުތިމާޢީ މައްސަލަތަކުގައި މިނިސްޓްރީ އާއި ގުޅިގެން ހައްލު ހޯދައިދިނުން.

ހެދިފައިވާ އުޞޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން.

2

ދަރިވަރުންގެ ޙައްޤުތައް ކަށަވަރުކޮށް ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ކުރުން އަދި ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ އެހެން މުއައްސަސާތަކާއެކީ މަސައްކަތްކުރުން.

ހެދިފައިވާ އުޞޫލުތަކާއި ޤާނުނު ތަކާއި (ކުޑަކުދިންގެ ޙައްގުތަކާއިބެހޭ ޤާނޫނު) ޤަވާއިދުގެ ތެރެއިން.

3

ސްކޫލްތަކުގެ ރައްކާތެރިކަމާއި ސްކޫލް މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެކަންކަން ދެމެހެއްޓުން. ޗައިލްޑް ޕްރޮޓެކްޝަން ޤާނޫން ތަންފީޒް ކުރުން

ހެދިފައިވާ އުޞޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން.

4

ސްކޫލަށްދާ އުމުރުފުރައިގެ ހުރިހާ ކުދިން ސްކޫލަށްދާކަން ކަށަވަރުކުރުން.

ދަރިވަރުން ޤަވާއިދުން ސްުޚުލަށް ހާޒިރުވާކަމުގެ އަޞޫލު 2016އާ އެއްގޮތަށް.

5

ކުށުގެ ވެށީގައި އުޅޭ ކުޑަ ކުދިންނަށް އެކުދިން އަނބުރާ މުޖުތަމަޢަށް ގެނެއުމަށްޓަކައި އެކުދިންގެ ކިޔެވޭނެ ގޮތް ހަމަޖެއްސުން.

ތައުލީމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަކީ މުޖުތަމަޢު ބަލައިގަންނަ ފައިދާހުރި ދަރިވަރުންނަށް ފަހި ސްކޫލް މާހައުލެއް ޤާއިމްކުރުން.

6

ތަފާތު ހާލަތްތައް މެދުވެރިވެގެން ސްކޫލަށް ނާދެވޭ ދަރިވަރުންނަށް ކިޔެވޭނެގޮތް ހަމަޖެއްސުން.

ހެދިފައިވާ ޤާނުނާއި(ކުޑަކުދިންގެ ހައްޤުތައްރައްކާތެރި ކުރާ ޤާނޫނު، އަދުލުގެ ޤާނޫނު، ތަޢުލީމުގެ ޤާނޫނު) ޤަވާއިދުތަކާ އެއްގޮތަށް.

 

 

 

ފައިނޭންސް ޑިވިޜަން

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ފަހު އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ބިލްތަކަށް ފައިސާ ދެއްކުން.

ޕޭމަންޓް ރިކުއެސްޓް ލިބޭތާ ލަސްވެގެން 3 ދުވަސް ތެރޭގައި ވައުޗަރ ޕޯސްޓްކުރުން.

2

އެކިއެކި ފަރާތްތަކުން ސްކޫލަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން

ދުވަހުން ދުވަހަށް (ބަނޑޭރި ޕޯޓަލް މެދުވެރިކޮށް).

 

 

 

 

ޕްރޮކިޔުމަންޓް ސެކްޝަން

#

ޚިދުމަތް

ޚިދުމަތުމަތުގެ ފެންވަރާއި މުއްދަތު

1

ބީލަން ރަޖިސްޓްރީކުރުމައި މަޢުލޫމާތު ސާފުކުރުން އަދި ބީލަން ހުށައެޅުން.

ރަސްމީ މަސައްކަތު 7 ދުވަހާއި 60 ދުވަހާއި ދެމެދުގައި.

2

ކޮމިޓީގެ ނިންމުމާއި ގުޅޭގޮތުން ބީލަންވެރިން ޝަކުވާ ހުށައެޅުން.

ރަސްމީ މަސައްކަތު 5 ދުވަސް ތެރޭގައި.

3

އެވޯރޑް ލެޓާރ ފޮނުވުން.

ޝަކުވާ މުއްދަތު ނިމި ރަސްމީ މަސައްކަތު 1 ދުވަސް ތެރޭގައި.

4

އެގްރިމެންޓް ކުރުން.

ބަންދު ދުވަސްތަކާއި އެކު ރަސްމީ މަސައްކަތު 5 ދުވަސް ތެރޭގައި.

5

މަސްދުވަހުގެ ޕްރޮކިޔުމަންޓްތައް ގެޡެޓްކުރުން

ޖެހިގެން އޮންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން.

 

ގުޅުއްވުމަށް

ޑިޕާޓްމެންޓް

ގުޅޭނެފަރާތުގެނަން

މަޤާމު

ނަންބަރު

ރިސެޕްޝަން / އެޑްމިން ސެކްޝަން

ޚަދީޖާ އަޙްމަދު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

9752541

ރިސެޕްޝަން / އެކަޑަމިކް ސެކްޝަން

މުޙައްމަދު ޢަލީ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

9652900

ފައިނޭންސް ސެކްޝަން

ޢަލީ ހާފިޒް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

9804990

 

މި އިދާރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް.

މިގަޑިތަކުގައި ތިރީގައިވާ ފޯން ނަންބަރުން ނުވަތަ މިލަންދޫ ސްކޫލަށް ހާޟިރުވެ ނުވަތަ އީ-މެއިލް މެދުވެރިކޮށް މިއިދާރާއި ގުޅޭނެ، އަދި ޝަކުވާ ހުށަހެޅޭނެ.

ހުށަހަޅާ ޝަކުވާތަކަށް 72 ގަޑި އިރުތެރޭ ޖަވާބު ދެވޭނެ.

 

ފޯން ނަމްބަރު: 7577978/7747677

އީމެއިލް: [email protected]

08 ޑިސެންބަރު 2021