ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- ޢުމުރުން 16 އަހަރު ފުރިފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 90 ޖާގަ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
- ޢުމުރުން 16 އަހަރު ފުރިފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޖާގަ: 90 ޖާގަ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
- ޢުމުރުން 16 އަހަރު ފުރިފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 90 ޖާގަ
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
- ޢުމުރުން 16 އަހަރު ފުރިފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު:2 ސެމިސްޓަރ
ޖާގަ: 90 ޖާގަ
ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ
ޝަރުޠު:
1. ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 އަހަރު ( 2 ސެމިސްޓަރ )
ޖާގަ: 30 ޖާގަ
ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ
ޝަރުޠު:
1. ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 3 އަހަރު ( 6 ސެމިސްޓަރ )
ޖާގަ: 30 ޖާގަ
އިމާމުކަމުގެ ޑިގްރީ ކޯސް
ޝަރުޠު:
- ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު:3 އަހަރު ( 6 ސެމިސްޓަރ )
ޖާގަ: 30 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2021 ޑިސެމްބަރ 08 ވާ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ޖަނަވަރީ 02 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) އާއެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި "Semester 1, 2022” ޖެއްސެވުން އެދެމެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 ޖަނަވަރީ 09 ން 2022 ޖަނަވަރީ 15 އާއި ދެމެދުއެވެ.