|
މަޤާމު
|
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ
|
|
މަޤާމުގެ ނަންބަރު
|
J-338117
|
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
އެމް.އެސް 3
|
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
ޑިވިޝަން/ ސެކްޝަން
|
ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން، ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
|
މުސާރަ
|
-/7035 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1969.80 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހެލްތު ޕޮލިސީ، އިންޓަރނޭޝަނަލް ހެލްތު، ޕޮލިސީ ސްޓަޑިޒް، ޕްރޮޖެކްޓު މެނޭޖުމަންޓު)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ޞިއްޙީ ދާއިރާގެ އެންމެހާ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުން, ޤަވާއިދުން މޮނިޓަރކުރުމުގެ މަސައްކަތް މޮނިޓަރކުރުން.އަދި މިނިސްޓްރީ އޮފް ހެލްތު ގެ ސިޔާސަތުތައް ކަނޑައެޅުމުން އެސިޔާސަތުތައް ހާސިލްކުރުވޭ މިންވަރު މޮނީޓަރ ކުރުން
- ދާއިރާގެ އެކިއެކި ސިޔާސަތުތަކާއި ބެހޭގޮތުން ކެބިނެޓަށް މިނިސްޓްރީގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތަކާގުޅޭ ގޮތުން ކެބިނެޓުން ނިންމަވާގޮތެއް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކޮށް މިމަސައްކަތް މޮނީޓަރ ކުރުން އަދި ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި ސަރުކާރުގެ ވަޢުދުތަކާއި ސިޔާސަތުތަކާއި އެއްގޮތަށް އެކުލަވާލުމަށް ކަމާބެހޭ ޑިޕާރޓްމަންޓް/ޑިވިޜަން ތަކަށް އެހީތެރިވުމާއި މަޝްވަރާ ދީ މިމަސައްކަތް ކުރިޔަށް ދާނުދާގޮތް މޮނީޓަރ ކުރުން
- ދާއިރާގެ ސިޔާސަތުތައް އެކުލަވާލާ ސިޔާސަތުތައް އެންޑޯޒްކުރުމުން ސިޔާސަތުތައް ތަންފީޒު ކުރެވެމުންދާ ގޮތް އަހަރަކު އެއް ފަހަރު މޮނިޓަރކުރުން.
- މިނިސްޓްރީ އޮފް ހެލްތާއި އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދެމެދު ހެދިފައިވާ އެގްރިމެންޓްގައި ވާ ކަންތައްތައް މޮނިޓަރ ކުރުން
- ހެލްތު ސެކްޓަރއާއި ގުޅުންހުރި ޕޮލިސީތައް ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ ޕޮލިސީތައް ހެދުމުން އެ ތަންފީޒު ކުރެވެމުންދާ މިންވަރު ކޮންމެ އަހަރަކު 1 ފަހަރު މޮނިޓަރކުރުން އަދި ސެކްޓަރގެ ޤާނޫނާއި ބިލްތަކާގުޅޭ ގޮތުން އެކުލަވާލެވިފައިވާ ލެޖިސްލޭޓިވް އެޖެންޑަރ މޮނިޓަރކުރުން
- ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓަށް އަންނަ ބަދަލުތައް ރިވިއު ކުރުމުގެ މަސައްކަތްތައް ކުރުން
- ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެން.ޖީ.އޯ.ތައް ރަޖިސްޓްރީ ކުރުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްކޮށް ކަމާއި ގުޅޭ މިނިސްޓްރީތަކާއި ކުރަންޖެހޭ މުއާމަލާތްކުރުން
- ސްޓެރެޓެޖިކް ޕްލޭނިންގ ސެކްޝަންގެ ހުރިހާ މޮނިޓަރިންގެ މަސައްކަތްތައް ގަވާއިދުން ކަނޑައެޅޭ ސުންގަޑިތަކަށް ކޮށްނިންމުން އަދި ޑަބްލިއު އެޗް.އޯގެ ޕްލޭނިންގ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ރިޕޯޓިންގ ކުރުމާއި މިޕްރޮގްރާމާއި ގުޅުންހުރި ހުރިހާ މަސައްކަތްތައް ކުރުން.
- ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ސިއްޙީ ވުޒާރާއިން ޞިއްޙީ ޙިދުމަތްދޭ ތަންތަނާއި އަމިއްލަ ފަރާތްތަކަށް ދޭ ހެލްތު އެވޯރޑްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުން. އަދި ކޮންމެ އަހަރެއްގައި ބަޖެޓް ފާސްވުމުން އެކުލަވާލެވޭ މިނިސްޓްރީގެ އަދި ހުރިހާ ހޮސްޕިޓަލެއްގެ، ކ.އަތޮޅު ހެލްތު ސެންޓަރތަކުގެ އެކްޝަން ޕްލޭނުތައް މަހުންމަހަށް, ކުއަރޓަރލީ އަދި އަހަރީ ރިވިއު ރިޕޯޓު ތައްޔާރުކުރުން
- ހެލްތު ސެކްޓަރއާއި ގުޅުންހުރި ޕްލޭންތައް، ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ އެކްޝަން ޕްލޭންތައް ހެދުމުން ޕްލޭންތައް ތަންފީޒު ކުރެވެމުންދާ މިންވަރު ކޮންމެ އަހަރަކު އެއްފަހަރު މޮނިޓަރކުރުމުގައި އެހެނިހެން އޮފީސްތަކާއި މިނިސްޓްރީގެ އެހެނިހެން ޑިޕާޓުމަންޓު، ޑިވިޝަން، ސެކްޝަން ޔުނިޓް އަދި ހޮސްޕިޓަލުތަކާއި ގުޅިގެން ވިލަރެސްކުރުން
- މެނިފެސްޓޯގައި ހިމެނޭ ޞިއްޙީ ދާޢިރާއާއި ގުޅުންހުރި ސިޔާސަތުތަކާއި ވަޢުދުތައް ތަންފީޒުކުރެވެމުންދާ މިންވަރު ޤަވާޢިދުން މޮނިޓަރ ކުރުމާއި ޞިއްޙީ ދާޢިޜާއި ގުޅިގެން ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ މަންތްލީ މޮނިޓަރިންގ އާއި ގުޅިގެން ފޮނުވަންޖެހޭ މަޢުލޫމާތުތައް ސެކްޓަރގެ ހުރިހާ ޑިޕާޓްމަންޓް، ޑިވިޜަން، ސެކްޝަން، ހޮސްޕިޓަލް،އޮފީސް އަދި ސެކްޝަންތަކުން ހޯދުމަށްފަހު ނިންމައި ކަނޑައެޅޭ ސުންގަޑިތަކަށް ރަޢީސް އޮފީހާއި ހިއްސާކުރުން.
- މެނިފެސްޓޯއާއި ގުޅިގެން އެކުލަވައިލަންޖެހޭ ޕްލޭނުތައް އެކުލަވާލުމުން ގަވާއިދުން މޮނިޓަރކޮށް ވިލަރެސްކުރުން އަދި ސަރުކާރުގެ މެނިފެސްޓޯ ސިޔާސަތުތަކާއި އެއްގޮތަށް ސެކްޓަރގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނު އެކުލަވާލުމުން ގަވާޢިދުން މޮނިޓަރކުރުން.
- މިނިސްޓްރީގެ 10 އަހަރުގެ މާސްޓަރ ޕްލޭންއާއި އެކްޝަން ޕްލޭން ތަންފީޒު ކުރެވެމުންދާ މިންވަރު އެހެން ޑިޕާރޓްމަންޓް ތަކާއި ޑިވިޜަންތަކާއި ގުޅިގެން މޮނިޓަރކޮށް ގަވާއިދުން ބެލެހެއްޓުން އަދި ކުރަންޖެހޭ ރިވިއުތައް ވިލަރެސްކުރުން.
- މިނިސްޓްރީއާ ގުޅުންހުރި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެވޭ މިންވަރު ބަލައި އެކަމާއި ގުޅޭ ރިޕޯޓް ތައްޔާރުކޮށް، ސެކްޓަރގެ ކާމިޔާބީތައް މޮނިޓަރކޮށް މިފަދަ ރިޕޯރޓްތައް ފޮނުވަންޖެހޭ އެހެނިހެން ދާއިރާތަކަށް ހިއްސާކުރުމުގެ މަސައްކަތް ވިލަރެސް ކުރުން.
- ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތަކުގެ ތެރެއިން ހެލްތު ދާއިރާއާ ގުޅުން ހުރި ކަންތައްތައް ފާހަގަކޮށް، އެކަމެއް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތާއި އެމަސައްކަތްތައް ހިނގާ ނުހިނގާ ގޮތާއި ބެހޭ މައުލޫމާތު ކަމާއިބެހޭ ދާއިރާ / ޑިޕާރޓްމަންޓް / ޑިވިޝަނަކުން ހޯދައި އެއްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން އަދި އެހެން އިދާރާތަކަށް ފޮނުވަންޖެހޭ އަޕްޑޭޓްތައް ހަދައި ފޮނުވުން
- ދާއިރާގެ ޑިޕާޓްމަންޓް/ޑިވިޜަންތަކުން އެކުލަވާލާ ޓެކްނިކަލް ޕްލޭންތައް އެކުލަވާލުމުން ޕްލޭނިންގ ސެކްޝަންގެ އެހީތެރިކަން ފޯރުކޮށްދީ ގައުމީ ތަރައްޤީގެ ޕްލޭނާއި ސެޕްއާއި އެލައިން ކުރުމުގެ މަސައްކަތް އެޑިޕާޓްމަންޓްތަކާއި ވިލަރެސްކޮށްގެން ހިންގުން.
- ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްޓަރ ޕްލޭނާއި ޕޮލިސީ ތަކާއި ބެހޭ ޕްރޮގްރާމު ބަލަހައްޓައި ހިންގުން އަދި ގަވާޢިދުން ފޮނުވަންޖެހޭ ރިޕޯޓިންގ ފޮނުވުމާއި ޕްރޮގްރާމާއި ބެހޭ އެހެނިހެން ކަންތައްތައް ގަވާޢިދުން ވިލަރެސްކުރުން.
- ދާއިރާގެ ސިޔާސަތުތަކާއި ޕްލޭންތަކުގެ މަސައްކަތްތައް ކުރިޔަށްދާނެގޮތުގެ އުސޫލާ އެއްގޮތަށް ސިޔާސަތުތައް އެކުލަވާލުމުގައި އަމަލުކުރުން އަދި ޞިއްޙީ ދާއިރާއިން އެކުލަވާލާ ސިޔާސަތުތައް އެންޑޯޒްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން އަދި ޤަވާއިދުން މޮނިޓަރ ކުރުން.
- ޞިއްޙީ ދާއިރާގެ ރިޔާސީ ބަޔާން ކޮންމެ އަހަރެއްގައި އެކުލަވައިލުން އަދި ސެކްޓަރގެ ބަޖެޓާއި ނިއު ޕޮލިސީ އިނީޝިއޭޓިވް އެކުލަވާލުމުން އެއަށް އަމަލުކުރަމުންދާ ގޮތް މޮނިޓަރކުރުން
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
- ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
|
|
މަޤާމުގެ ޝަރުތުތައް
|
1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން
|
|
ތަޢުލީމީ ރޮނގުތައް:
- ކޮމިއުނިޓީ ހެލްތް
- ގްލޯބަލް ހެލްތު ޕޮލިސީ
- ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
- ހެލްތު ޕޮލިސީ
- ހެލްތް ރިސަރޗް
- ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސް މެނޭޖްމަންޓް
- ހެލްތު ސްޓެޓިސްޓިކްސް
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތްކެއަރ މެނޭޖްމަންޓް
- އިންޓަރނޭޝަނަލް ހެލްތު
- އިންޓަނޭޝަނަލް ރިލޭޝަންސް
- ޕޮލިސީ ސްޓަޑިޒް
- ޕްރައިމަރީ ހެލްތުކެއަރ
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ޕަބްލިކް ހެލްތު
- ޕަބްލިކް ޕޮލިސީ
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމުގެ ކޯ ޑިސިޕްލިން:
- އިންޓަރނޭޝަނަލް ހެލްތު
- ހެލްތު ޕޮލިސީ
- ޕޮލިސީ ސްޓަޑިޒް
- ޕްރޮޖެކްޓު މެނޭޖުމަންޓު
|
|
ގުޅޭ ވަޒީފާގެ ދާއިރާ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
15
|
|
ޕްރެޒެންޓޭޝަން
|
10
|
|
އިންޓަރވިއު
|
30
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 15 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2021 ޑިސެންބަރު / 2022 ޖަނަވަރީ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން، އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.
|