ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)298/298/2021/58
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 14 ޑިސެންބަރު 2021 10:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

އިޢުލާން

ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

މިއިދާރާގެ ނަންބަރު: (IUL)298/298/2021/53 (2021 ނޮވެންބަރު 21) އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅާލަމެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަރމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލަޖީގެ އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަރމަންޓް ޕްރޮޖެކްޓާ ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މި އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 8 ން ފެށިގެން 2021 ޑިސެންބަރު 14 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް  https://forms.gle/JLbxP3KTCUCAL8ya8  މިލިންކްގައިވާ ފޯމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުން

ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ އެކަމަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަށް އެކަންޏެވެ. ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހު 11:00ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ. (ހ) މަސައްކަތުގެ ނަން، (ށ) އިޢުލާނު ނަންބަރު، (ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން. ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 ޑިސެންބަރ 2021 ވާ ހޯމަ ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް  [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

            04  ޖުމާދަލްއޫލާ  1443

            08  ޑިސެންބަރު  2021

08 ޑިސެންބަރު 2021