ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2021/39
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި:
31 ޑިސެންބަރު 2021 00:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިރިލަންދޫ ކައުންސިލްގެ ކުރެޑިޓް ސްކީމަށް މުދާ ދޫކުރުމާއި ގުޅޭ
މިކައުންސިލުން ހިންގަމުންދާ "މަދަދު" ކުރެޑިޓް ސްކީމްގެ އުސޫލު އިސްލާޙްކޮށް އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާއި ހަމަތަކަށް ފުރިހަމައަށް ފެތޭ ސްކީމަކަށް ބަދަލުކުރުމަށް މިކައުންސިލުން ވަނީ ނިންމާފާއެވެ.
މިއާއެކު ސްކީމްގެ އުސޫލު އިސްލާޙުކޮށް އަލުން އިޢުލާނުކުރެވެންދެން، މިއަދުން ފެށިގެން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މެދުކަނޑައިލެވިފައެވެ. އަދި ސްކީމްގެ އުސޫލު އިސްލާޙުކުރެވުމުން އެކަން އާންމުކޮށް އިއުލާނުކުރެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ. އަދި މިބަދަލާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މިކައުންސިލުން ނިހާޔަތަށް މަޢާފަށްއެދެމެވެ.
08 ޑިސެންބަރު 2021