ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2021/63:ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަނުގެ "އެކްސްޕީރިއަންސް ބުކްލެޓް" ތައްޔާރުކުރުމުގެ މަސައްކަތައް ފޮޓޯނަގައިދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފީމެވެ.
ވީމާ، މި ކޯޕަރޭޝަނުން ބަޔާން ކުރައްވާފައިވާގޮތައް ފޮޓޯނަގައިދޭން ބޭނުންފުޅުވާ ފަރާތްތަކުން 2021 ޑިސެންބަރު 14 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ފަރާތުގެ ނަން:
- ކުންފުނީގެ ނަން:
- ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: Bid Registration To hire a party to provide images for the Experience Booklet
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected] copy to [email protected]
ނަން: ޙަސަން ޝަހީލް
މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ
03 ޖުމާދަލް އަޢްވަލް 1443
07 ޑިސެންބަރު 2021