މަސައްކަތް
ނަންބަރު: D13C-A/2021/7
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 16 ޑިސެންބަރު 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 24 ނޮވެމްބަރު 2021 ގައި ކުރި D13C-A/2021/6 ނަމްބަރު އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން

ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅުގެ ޓިނުތައް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރ D13C-A/2021/06 (24 ނޮވެމްބަރ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 15 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުން ނުވަތަ ލިޔުމުން މި ކޯޓަށް ހުށައެޅުން އެދެމެވެ.

މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމާ ބަލައިގަތުން އޮންނާނީ 16 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ. އަންދާސީ ހިސާބު ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަގުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560041 އަށެވެ.

03 ރަބީޢުލް އާޚިރު  1443

07 ޑިސެމްބަރު     2021

07 ޑިސެންބަރު 2021