ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)219-CS/01/2021/26
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 15 ޑިސެންބަރު 2021 13:30
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-211081

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

(ޖީ. އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކ. މާލެ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މީޑިއާ ކައުންސިލް އެލަވަންސް: (މުސާރައިގެ 35 ޕަސެންޓް)
  •  ސަޕޯޓިންގ ކޯ އެލަވަންސް1: (-/700 ރުފިޔާ)
  •  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

   މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

 1. މީޑިއާ ކައުންސިލުގެ އިންފްރާންސްޓްރަކްޗަރ އަދި އެހެނިހެން ކަންކަން ހުރިނެތްގޮތްބަލައި އެފަދަ ކަންކަން ހަމަޖެއްސުމުގައި ކުރަންޖެހިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިއުމަށް މަގު ފަހިކުރުން. އަދި ކައުންސިލުން ތައްޔާރުކުރަންޖެހޭ އެއްބަސްވުންތަކާއި އެގްރީމެންޓްތައް ލިޔުން.

 2. ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އަގުބެލުމާއި އަދި މުދާ ގަންނަން އެދޭ ފޯމް ތައްޔާރުކޮށް މާލިއްޔަތު ޤާނޫނުގެ ތެރެއިންތަކެތި ހޯދުމަށް ޕީއޯ ހަދައި އެފަރާތްތަކަށް ފޮނުވުން. 

 3. ކައުންސިލަށް ބޭނުންވެގެން ގަންނަން ފޮނުވާ ތަކެތި ގެނައުމުން އެތަކެތި އެއީ އޯޑަރު ދިން ތަކެތިތޯ ރަނގަޅަށް ބަލާ ޗެކްކުރުމަށްފަހު ބަލައިގަތުމަށްފަހު ސްޓޮކް ބަލަހައްޓާ މުވައްޒަފާ ޙަވާލުކުރުން. 

 4. ފައިސާ ދެއްކުމަށްޓަކައި ލިބޭ ބިލްތައް ފަދަ ލިޔުންތައް ބަލައިގަނެ އެތަކެތި ބަލަހައްޓާ، އަދި ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ކަމާ ބެހޭ ވެރިޔަކަށް ދައްކާ އޭގައި ސޮއިކުރުވައި މާލިއްޔަތު ޤަވާއިދުގެ ތެރެއިން ފައިސާ ދިނުމުގެ މަސައްކަތް ކުރުން.

 5. ބަޖެޓް ބާކީ ބެލެހެއްޓުން. 

 6. ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއި، ވައުޗަރ ރަޖިސްޓްރީ އަދި ޗެކް ރަޖިސްޓްރީ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ތައްޔާރުކުރުން.

 7. ފައިސާއާ ބެހޭގޮތުން ކުރެވޭ މުޢާމަލާތްތަކުގެ އެންމެހާ ލިޔެކިޔުން ދުވަހުން ދުވަހަށް  ސިސްޓަމްތަކުން އަޕްޑޭޓްކޮށް ފައިލްކޮށް ބެލެހެއްޓުން.

 8. ކައުންސިލުގެ މުވައްޒަފުންނަށް ހިންގާ ޓްރޭނިންގ/ ކޯސްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިނިސްޓިޓިއުޓް އާއި ކައުންސިލްގެ މުވައްޒަފުންނާއި ގުޅިގެން ރާވައި ރެކޯޑްތައް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 9. ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން ހިނގާދިޔަ މަހުގެ ބަޖެޓް ރިޕޯޓް، ޚަރަދުވި ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 

 10. ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގަވާ މުއްދަތަކަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން. 

 11. ސަރުކާރުގެ މުދަލާއި ފައިސާއާއިބެހޭ ޤަވާޢިދާއި މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން، ފައިސާއާބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދު ކުރުމާއި، އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހާ މުޢާމަލާތްތައް ހިންގާ ބެލެހެއްޓުން. 

 12. މުވައްޒަފުންނަށް މުސާރައާއި، އެލަވަންސްއާއި އެހެނިހެން ފައިސާ މާލިއްޔަތު ޤަވާއިދުގެ ތެރެއިން ކޮންމެ މަހެއްގެ 20ގެ ކުރިން ނިންމައި ސެޕް ސިސްޓަމަށް އަޅައި ވެރިންގެ އެޕްރޫވަލް ހޯދައި ޕޯސްޓް ކުރުވުން. 

 13. ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން. 

 14. މީޑިއާ ކައުންސިލުން ބާއްވާ އެކިއެކި ކޮންފަރެންސްތަކާއި ސެމިނަރތަކާއި އަދި ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

 15. މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށާއި، ކައުންސިލުން ބަލަމުންގެންދާ މައްސލަތަށް ބެލުމުގައި އެހީތެރިވެދިނުން. 

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން'ސީ' ގްރޭޑްލިބިފައިވުން.

ނުވަތަ

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ތަޢުލީމީ ރޮނގުތައް:

  • ނެތް

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ކޯ ޑިސިޕްލިންތައް:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފައިނޭންސް ޔުނިޓްގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12.4 ވަނަ ނަންބަރުގައިވާ މިންގަޑުތަކެވެ.

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް (އިމްތިޙާނު އަދި ޕްރެކްޓިކަލް) ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (15 ޑިސެންބަރ 2021) ގެ (13:30) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 19 ޑިސެންބަރ 2021 އިން 21 ޑިސެންބަރ 2021 އާ ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލް  (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ޖުމާދަލްއޫލާ  1443  

07 ޑިސެންބަރު 2021