ޢާންމު މަޢުލޫމާތު
ނަންބަރު: GS157/2021/IUL18
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 16 ޑިސެންބަރު 2021 12:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް ފެންފުށީ ސްކޫލް ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1       ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް މީލާދީ 1 ( އެކެއް)  އަހަރު ދުވަހުގެ މުއްދަތައް ފެންފުށީ ސްކޫލް ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

           މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2021 ޑިސެންބަރު  8 އިން  12 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 12:00އަށް ފެންފުށީ ސްކޫލަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެންބަރ 13 ވާ ހޯމަ ދުވަހުގެ 12:00 ގައި މި ސްކޫލުގައެވެ.

       ބިޑް ހުޅުވުން އޮންނާނީ  2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެންފުށީ ސްކޫލް

މޯބައިލް: 9838123

އީ-މެއިލް: [email protected]

ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެންފުށީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔެވައި އޮންނަންވާނެވެ.

07 ޑިސެންބަރު 2021