ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2021/309
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 16 ޑިސެންބަރު 2021 09:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަސަންދުރާ ޕެލަސް ހޮޓެލް އަދި ޓާޓާ ކޮމްޕެނީން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތްކުރާ މީހުން ތިބުމަށް ދޫކޮށްފައިވާ ބިން ހުސްކުރުމާއި ގުޅޭ.

         މާލޭގެ 358 ނަންބަރު ބުލޮކު (ތައިސޭކޮށި) ގައި ވަގުތީ ގޮތުން ނަސަންދުރާ ޕެލަސް ހޮޓެލް އަދި ޓާޓާ ކޮމްޕެނީން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތްކުރާ މީހުން ތިބުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްވެސް އެއްޗެއް ހުރިނަމަ އެފަދަ ތަކެތި މިއަދުން (07 ޑިސެމްބަރ 2021) ން ފެށިގެން 15 ދުވަހުގެ ތެރޭގައި އެއްޗެހި ބަހައްޓާފައިހުރި ފަރާތްތަކުން އެފަދަ ތަކެތި މި  ކައުންސިލަށް އެންގުމަށްފަހު ގެންދެވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި އެ އެއްޗެއް ބަހައްޓާފައި ހުރި ފަރާތްތަކުން ގެންގޮސްފައިނުވާ ތަކެއްޗަކީ އެއީ ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ބިން ހުސްކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި އެގޮތަށް ދޫކޮށްފައިވާ ތަކެތި މި ކައުންސިލުން ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެފަދަ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މި ކައުންސިލުން ނުނަގާނެ ވާހަކަވެސް ދެންނެވީމެވެ.

          ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

           03 ޖުމާދުލްޢޫލާ 1443

           07 ޑިސެމްބަރ 2021

07 ޑިސެންބަރު 2021