މަސައްކަތް
ނަންބަރު: (IUL)10-F/10/2021/242
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 14 ޑިސެންބަރު 2021 13:30
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރުގެ މަސައްކަތްތައް ކޮށްދިނުމާއި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

      (IUL)10-F/10/2021/242 :ނަންބަރު

އިޢުލާން

 

ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރު (އެން.އާރު.ސީ) ގެ މި ދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

  1. އެން.އާރު.ސީގައި އުފެދޭ ކުނި އުކާލުން (1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް).
  2. އެން.އާރު.ސީގެ ރިސެޕްޝަން ކައުންޓަރު ހެދުން.
  3. އެން.އާރު.ސީ ސަރަހައްދުގައި ހުރި ރުއްގަސްތައް ކަނޑާ ނައްތާލުން.
  4. އެން.އާރު.ސީއަށް ބޭނުންވާ އަލިފާން ނިއްވާ ފުޅި ހޯދާ، ހަރުކޮށްދިނުން.
  5. އެން.އާރު.ސީއަށް ބޭނުންވާ 1 (އެކެއް) ވެހިކަލް ހޯދުން (7-12 ސީޓް).
  6. 2 (ދޭއް) ދިދަ ދަނޑި ހަރުކޮށް، ދޭ ނަމޫނާއާ އެއްގޮތަށް ދިދަ ދަނޑީގެ ބުޑު ހެދުން.

ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 12 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބިޑު ހުށަހަޅާނީ ކޮންމެ މަސައްކަތެއް ވަކިންނެވެ. އަދި، ބިޑު ބަލައިގަނެވޭނީ 30 ޑިސެންބަރު 2021 ގެ ނިޔަލަށް މަސައްކަތް ނިންމަން ހުށަހަޅާ ފަރާތްތަކުގެ ބިޑު އެކަންޏެވެ.

‏02 ޖުމާދަލްއޫލާ 1443

06 ޑިސެންބަރު 2021