މަސައްކަތް
ނަންބަރު: (IUL)141-YD/141/2021/315
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 14 ޑިސެންބަރު 2021 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ވީކެންޑް އުފާ ޝޯވ ރާވާ ހިންގާނެ ފަރާތެއް ހޯދުން

                                      އިޢުލާން

ވީކެންޑް އުފާ ޝޯވ ރާވާ ހިންގާނެ ފަރާތެއް ހޯދުން

ކޮންމެ ހަފުތާއަކު އެއްފަހަރު ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ " ވީކެންޑް އުފާ" ޝޯވް ރާވާ ހިންގާދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން 21 ނޮވެންބަރ 2021 ގައި ކުރި ނަމްބަރު 141/2021/283/IUL)141-YD) އިޢުލާނާއިގުޅިގެން ހުށަހެޅި ބިޑްތައް ބަލައިގަތުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން އެ ބިޑްތައް ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށްޝައުޤުވެރިވެ ލައްވާފަރާތްތަކުން މިދަންނަވާ ކަންތައްތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަސައްކަތް ޙަވާލުކުރެވޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލް އެއް ހުށަހަޅާފަރާތަކެށެވެ. މިކަމަށް ހޮވޭފަރާތަކާއިއެކު އެގްރީމެންޓް ކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހެވެ.ޝޯވ ބާއްވާނެތަނާއި، ސްޓޭޖް އަދި ސައުންޑާއި ލައިޓިންގ ހަމަޖައްސައިދޭނީ މި މިނިސްޓްރީންނެވެ.

ޕްރޮޕޯސަލްގައި ހުންނަންވާނެ ކަންތައްތަކާއި ޕޮއިންޓް ދެވޭނެ އުޞޫލު

- މިއުޒިކް ކުޅޭނެ ބޭންޑްތައް ހޯދުމާއި ހަމަޖެއްސުން

- ޝޯވް ލައިވްކުރާނެގޮތުގެ މަޢުލޫމާތު ހިމެނުން

- ޝޯވ ބޭއްވުމަށް ފައިސާހޯދާނެގޮތުގެ ތަފްސީލު

- ޝޯވގެ ބައިވެރިންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދިނުން (30މީހުންނަށް) %20

- ޝޯވ މާކެޓްކޮށް އިޝްތިހާރުކުރާނެގޮތުގެ މަޢުލޫމާތު

މާކްސް ދެވޭނެ ގޮތް:

ހުށަހަޅާފައިވާ ޕްރޮޕޯސަލަށް

60%

ތަޖުރިބާ ( ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައިވާ ވާކަމަށް)

25%

ކުންފުނީގެ ސީ.އެސް.އާރގެ ދަށުން މި ޕްރޮގްރާމް ކުރިއެރުވުމަށް އިތުރަށް ކޮށްދެވޭނެ ކަންތައްތަކަށް

10%

ޕްރޮފައިލް ( ތަޢާރަފަށް)

3%

މަޤުޞަދަށް

2%

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާލޭ ސޯޝަލް ސެންޓަރ ( މާފަންނު ޒުވާނުންގެ މަރުކަޒަށް) ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

06 ޑިސެންބަރު 2021