ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2021/193
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 21 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިފީ ނުދައްކާ ގޭގޭގެ ލިސްޓް ޢާއްމުކުރުން

އިޢުލާން

ކުނިމެނޭޖް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ބައެއް ތަންތަނުން ޤަވާއިދުން ފައިސާ ދައްކަމުންނުދާތީ، މިކަމުގައި ޢަމަލުކުރާނެގޮތެއް ކަނޑައެޅުމަށް، 2021 އޮކްޓޫބަރު 24 ވީ އަންގާރަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ޢާއްމު ބައްދަލުވުމަށް ހުށަހެޅުމުން ކައުންސިލްގައި މަޝްވަރާކޮށް ނިންމާފައިވަނީ،2021 އޯގަސްޓްމަހުގެ ނިޔަލަށް ކުނިފީގެ ގޮތުގައި ފައިސާ ދައްކަވާފައިނުވާ ފަރާތްތަކަށް 15 ދުވަހުގެ ނޯޓިސްއެއް ދިނުމަށާއި، ނޯޓިސްގެ މުއްދަތުގައި ފައިސާ ނުދައްކަވައިފިނަމަ، އެފަދަ ގޭގޭގެ ނަން ޢާއްމު ކުރުމަށެވެ.

 މިގޮތުން މިހާތަނަށް ނޯޓިސްދެވިފައިވާ ގޭގޭގެ ތެރެއިން، ދީފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ގޭގޭގެ ލިސްޓް ތިރީގައި އެވަނީއެވެ.

#

ގޭގެ ނަން

1

 ހަވޭލި

2

 އަމާނާތް

3

 އަމީކޯ

4

 ބިންމާގެ

5

 ފަސްދޯދި

6

 ނީލްވިލާ

7

 މިންނަތް

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ، ގޭތަކުން 2021 ޑިސެންބަރު 21 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވާ ނިންމެވުން އެދެމެވެ. އަދި މި މުއްދަތުގައިފައިސާ ނުދައްކަވައިފިނަމަ، ފައިސާ ނުދައްކާވާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށްވެސް، ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

06 ޑިސެންބަރު 2021