ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)290-ADMIN/290/2021/73
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 23 ޑިސެންބަރު 2021 10:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު ކައުންސިލަށް 2000KG ގެ ޕިކަޕެއް ގަތުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާގެ ނަމްބަރ (IUL)290-ADMIN/290/2021/71 އިޢުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރަމެވެ.

ނ.މާފަރުގައި، ގައި ކުނި މެނޭޖްކުރާ ނިޒާމު ހަރދުދަނާ ކުރުމަށްޓަކައި، އެ މަސައްކަތަށް ބޭނުންވާ 2000KG ގެ ޕިކަޕެއްް ގަންގަން ބޭނުންވެއެވެ. ވީމާ، ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކައުންސިލުން އަރުވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މި އިޢުލާނާއި އެކު، ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއި އެކު، ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މި ކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީ މެއިލްގެ ޒަރީޢާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްޞަ ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު، އީމެއިލްގެ ޒަރީޢާއިން ނުވަތަ މާފަރު ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން، 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓާރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑް ސެކިއުރިޓީ

މި އިޢުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 

 

ބީލަން ވެލިޑީޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

 

ބީލަން ހުށަހަޅާނީ، 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މާފަރު ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ، 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:05 ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގެ މީޓިން ރޫމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560005

 

ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މާފަރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެ ބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

 

ތަފްޞީލް

 

ފޯމިއުލާރ

 

 

 

 

 

އަގު

 

 

 

 

 

%75

  •   ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ، ބެންޗްމާކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

(Benchmark Price / Submitted Price ) x Allocated Percentage

ޕިކަޕް ސަޕްލައިކޮށްދެވޭނެ މުއްދަތު

 

 

  •  މި ބައިގައި މާކްސް ދެވޭނީ، ތަކެތި ގަނެ ފޯރުކޮށްދެވޭނެ މުއްދަތަށް ބަލައި އެންމެ ކުޑަ މުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Submitted Delivery Period / Benchmark Delivery Period ) x Allocated Percentage

 

 

 

 

 

 

 

 

 

ތަޖުރިބާ

 

 

 

 

 

 

 

 

 

%5

  •  ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަށް ކޮށްދީފައިވާ މިފަދަ (ވެހިކަލް ސަޕްލައި ކުރުމުގެ) ޕްރޮޖެކްޓްތައް ނިންމި ކަމުގެ ލިޔުމަށް ބަލައި، މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.
  •  ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 

 

 

(Submitted years of Experience / Benchmark years ) x Allocated Percentage

 

 

 

 

 

ވޮރެންޓީ

 

 

 

 

 

%5

  •  ހުށަހަޅާ ފަރާތުގެ ލެޓާރހެޑްގައި ވޮރެންޓީ ލެޓާރ ހުށަހަޅާންވާނެއެވެ. މި ސިޓީގައި ވޮރެންޓީގެ ދަށުން ކަށަވަރުކޮށްދޭނެ ކަންތައްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  •  މަދުވެގެން 6 މަސް ދުވަހުގެ ވޮރެންޓީ ދޭންވާނެއެވެ. 6 މަސް ދުވަހަށް ވުރެ ކުރު ނަމަ މި ބަޔަށް އެއްވެސް މާކްސް އެއް ނުދެވޭނެއެވެ.
  •  އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާފައިވާ ފަރާތްތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.

 

 

(Submitted Warranty Period / Benchmark Warranty ) x Allocated Percentage

 

06 ޑިސެމްބަރ 2021

 

06 ޑިސެންބަރު 2021