މަސައްކަތް
ނަންބަރު: L6MC-D/2021/06
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 16 ޑިސެންބަރު 2021 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ ހުޅަނގު، އިރު އަދި ދެކުނު ފަރާތު ފުރާޅުގެ ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތާއި، ޢިމާރާތުގެ ދެކުނު ފަރާތުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1-     މި ކޯޓު ޢިމާރާތުގެ ހުޅަނގު، އިރު އަދި ދެކުނު ފަރާތު ފުރާޅުގެ ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް

2-     ކޯޓު ޢިމާރާތުގެ ދެކުނު ފަރާތުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 08 ވަނަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ކުންފުނި (ޕާރޓްނާޝިޕް) ތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

06 ޑިސެންބަރު 2021