ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/2021/83
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 16 ޑިސެންބަރު 2021 14:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

     މި މިނިސްޓްރީއަށް ބޭނުންވާ ވެހިކަލް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު: (IUL)472/1/2021/79 އިޢުލާނާއެކު މި މިނިސްޓްރީން ދީފައިވާ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައުމާ ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް ނިންމެވީއެވެ.

        ވީމާ، މި ވެހިކަލް ސަޕްލައިކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

          2 ޖުމާދަލްއޫލާ 1443

          06 ޑިސެމްބަރ 2021

06 ޑިސެންބަރު 2021