ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2021/32
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 14 ޑިސެންބަރު 2021 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ބިން ދޫކުރުމާއި، ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީއަށް ރައްޔިތުންގެ 2 މެމްބަރުން ޢައްޔަންކުރުން

އިޢްލާން

މަސްކައްކާ ބިން ދޫކުރުމާއި، ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީއަށް ރައްޔިތުންގެ 2 މެމްބަރުން ޢައްޔަންކުރުން

 ތ. ކިނބިދޫން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 6 މަސްކައްކާ ބިމާއި، ދިރިއުޅުމަށް ދޫކުރާ 25 ގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލާ "މަސްކައްކާ ބިމާއި، ގޯތި ދޫކުރާ ކޮމިޓީ" ގައި ކިނބިދޫ ރައްޔިތުންގެ ފަރާތުން 2 މެމްބަރުން ހިމަނަން ބޭނުންވާތީ، އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ އެފުރުޞަތު ހުޅުވާލަމެވެ. ކުރިމަތިލައްވާ ފަރާތްތައް 2 ފަރާތަށްވުރެ އިތުރުވާނަމަ 2 މެމްބަރުން ޢައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ޤުރުޢަތު ލައިގެންނެވެ.

 ވީމާ، "މަސްކައްކާ ބިމާއި، ގޯތިދޫކުރާ ކޮމިޓީ" އަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހު ގެ 14:00 ގެކުރީން މި އިދާރާއަށް ލިއުމަކުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

            02 ޖުމާދަލްއޫލާ 1443

            06 ޑިސެމްބަރ 2021

06 ޑިސެންބަރު 2021