ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 9ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ސްކޫލް އޮފް ނާރސިންގ
- އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ – ސ. ހިތަދޫ
- މާސްޓަރ އޮފް ނަރސިންގ އެޑްމިނިސްޓްރޭޝަން - ކ. މާލެ
ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
https://mnu.edu.mv/course-information-sheet-2022-term-1/