ބީލަން
ނަންބަރު: GS66/IUL/2019/28
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 12 ޑިސެންބަރު 2021 11:00
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ތޮއްޑޫ ސްކޫލް

އއ.ތޮއްޑޫ

ދިވެހިރާއްޖެ                                   

                                                                                       ނަންބަރ: GS66/IUL/2019/28

އިޢުލާން

2022 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާ އިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.

                     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 12 ވާ (އާދިއްތަ) 14:00 ގެ ކުރިން ސްކޫލް އޮފީހުގައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

 ތޮއްޑޫ ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން.                        

2021 ޑިސެމްބަރ 14 ވާ އަންގާރަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2021 ޑިސެމްބަރ 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

                    މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުމަށް ދަންނަވަމެވެ.

                     ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު: 6660819 އާއި ގުޅުއްވުން އެދެމެވެ.

                     02 ޖުމާދަލްއޫލާ  1443

                    06 ޑިސެމްބަރ   2021  

06 ޑިސެންބަރު 2021