ދިވެހިރާއްޖެ
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
އިޢުލާން ނަންބަރ: 12/GS09/2021
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2022 ވަނައަހަރަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 ޑިސެމްބަރ 2021 ން 09 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ޑިސެމްބަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރ 2021 ބުދަ ދުވަހުގެ 13:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ
ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެންހުންނާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ށ. އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6540062
- އީ-މެއިލް:[email protected]