ދިވެހިރާއްޖެ
މުލަކަތޮޅުރަތްމަންދޫ ކައުންސިލްގެއިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ.
ނަންބަރު:362/362/2021/40
އިޢުލާން
މ.ރަތްމަންދޫ " މަސްޖިދުއްނަހްޟާ " މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިއާއި، ފާޚާނާ މަރާމާތު ކުރުން
މިރަށު " މަސްޖިދުއްނަހްޟާ " މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިޔާ، ފާޚާނާ، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގައި ބާއްވާ ބިޑްހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވާއިރު މަޢުލޫމާތު ސާފުކުރާފަރާތާއި އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި އަންނަ ފާރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.
ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާންގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން މަޢުލޫމާތު ދިނުމާއި، ބިޑްބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ
02 ޖުމާދަލްއޫލާ 1443
06 ޑިސެމްބަރ 2021