ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)RDC/RDC/2021/167
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 16 ޑިސެންބަރު 2021 11:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Supply and Delivery of 02 Tonne Powergate Lorry

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: IUL)RDC/RDC/2021/167)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް 02 ޓަނުގެ ޕަވަރގޭޓް ލޮރީއެއް ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

 

މި ކޯޕަރޭޝަންގެ ބޭނުމަށް  02 ޓަނުގެ ޕަވަރގޭޓް ލޮރީއެއްގަންނަން ބޭނުން ވެއެވެ. ގަންނަން ބޭނުންވާ ވެހިކަލްގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

ގަންނަން ބޭނުންވާ ވެހިކަލްގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)

2-      ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެއެވެ.

3-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).

  • މައުލުމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތައް ފުރިހަމަނުވާ އަދި ސްޕެސިފިކޭޝަން އާއި ދިމާނުވާ އައިޓަމް އަށް ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 13 ޑިސެމްބަރ 2021 (ހޯމަ) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.)

 

  • މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް 09 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
  • ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.

-          އިއުލާން ނަންބަރ

-          ނަން

-          ކޮމްޕެނީ ނަން

-          ނަންބަރ

-          އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)

 

ޕްރޮޕޯސަލް ހުށަހެޅޭނީ ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. 

                            ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

                           ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

 

05 ޑިސެންބަރު 2021