ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-planning/475/2021/244
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:40
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ރީ-ރަޖިސްޓަރީ ކުރުމާ ގުޅޭ

އިޢުލާން

 

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ރީ-ރަޖިސްޓަރީ ކުރުމާ ގުޅޭ

ޤާނޫނު ނަންބަރު: 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓްގައި، 2 ޑިސެންބަރު 2021 ގައި ޝާއިޢުކުރެވުމާ ގުޅިގެން، އެ ގަވާއިދުތަކުގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމަށް ވަނީ ފެށިފައެވެ. އަދި މިހާރު މި މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް މި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީޚުން ފެށިގެން 6 މަސްދުވަހުގެތެރޭގައި އެތަންތަނުގެ ރަޖިސްޓަރީ އައުކުރަން ޖެހެއެވެ. މިދެންނެވި ފަދައިން ރީ-ރަޖިސްޓަރީ ކުރުމަށް ފީއެއް ނުނަގާނެއެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އައު ނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރު"ން އުނިކުރެވޭނެއެވެ. މި ގަވާއިދުތަކުގެ ދަށުން ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީ އައު ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުގައިވާ https://www.mohe.gov.mv/images/resources/resources/Re%20registration%20form.pdf ލިންކުން ލިބޭނެއެވެ.

އަދި ދަންނަވަމެވެ. މީގެ ފަހުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އެންމެހާ ކަންކަމުގައި މި މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުއްވާނީ [email protected] އީމެއިލް އެޑްރެހަށެވެ.

ވީމާ، މައުލޫމާތަށްޓަކައި ދަންނެވީމެވެ.

01 ޖުމާދަލްއޫލާ 1443  

05 ޑިސެންބަރު 2021