ވަޒީފާގެ ފުރުޞަތު
ނަންބަރު: ު: (IUL)213-HR/1/2021/2
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 12 ޑިސެންބަރު 2021 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ (ފައިނޭންސް)

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ (ފައިނޭންސް)

މަޤާމުގެ ނަންބަރު:

J-232129

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ

މުސާރަ:

8835.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު 1100.00  ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ އެކައުންޓިންގ އާއި ފައިނޭންސް އެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކްގެ އަހަރީ ބަޖެޓް އޮފީހުގެ ވެރިންގެ މަޝްވަރާއާއިއެކު ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއި އެއްގޮތަށް ކަނޑައެޅޭ ސުންގަނޑީގެ ކުރިން ފުރިހަމަކޮށް ނިންމުން.
    1. މާލިއްޔަތުޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
    2. މޯލްޑިވްސް ޕޮލިޓެކްނިކުން ހޯދާ ޙިދުމަތް ތަކުގެ ބިލްތައް މާލިއްޔަތު ގާނޫނާއި އަދި ގަވައިދުތަކާއި އެއްގޮތައް އަދާކުރުން.
    3. މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ޙިދުމަތަށް ބުރޫ ނާރާނެ ގޮތަށް ހޯދުން.
    4. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ބަޖެޓާއި ގުޅުން ހުރި ހަރަކާތްތައް އަވަސް ގޮތަކަށްކުރުމަށް އިސްކަންދިނުން.
    5. މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދޭ ތަކެތި ހޯދޭނީ މާލިއްޔަތު ޤާނޫނު އަދި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    6. މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ މެޝިނަރީސް، ކޮންޒިއުމަބަލް ފަދަ ތަކެތި ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކިޔަވައި ދިނުމަށް ބުރޫ ނާރާ ގޮތަށް ހޯދައިދިނުން.
    7. ބަޖެޓާއި ގުޅުންހުރި ޙިދުމަތްތައް ހޯދުމުގައި އެހެނިހެން އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭތީވެ، އެފަދަ ހުއްދަ ހޯދެއްވުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅުއްވައިގެން ޙިދުމަތް އަވަސް ކުރުން.
    8. ދަޢުލަތަށްލިބޭ އާމްދަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އަދި ގުޅުންހުރި އިދާރާތަކުގެ ސާކިއުލާރ ތަކާއި އެންގުންތަކާއި އެއްގޮތަށް ޖަމާކުރުން.
    9. ސެކްޝަންގެ މުވައްޒަފުންނާއި ހަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމާއި، ކަނޑައެޅޭ ޝެޑިއުލް އާއި އެއްގޮތައް މަސައްކަތްކުރިއަށްދޭތޯ ޗެކްކޮށް ކަށަވަރުކުރުން.
    10. ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސާރވިސްގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުއެޅުން.
    11. އޮފީހުގެ އެހެނިހެންސެކްޝަން ތަކަށް ހޯދަންޖެހޭ އެހީތެރިކަން ވަގުތަށް ފޯރުކޮށްދިނުން.
    12. ބަޖެޓާއި ގުލޭ ރިޕޯޓްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ އާމްދަނީ ރިޕޯޓްތައް ގުޅުންހުރި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.
    13. މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފަކުން ކުރާ ދަތުރުތަކަށް ކަނޑައަޅާ ޝެޑިއުލްތަކާއި އެއްގޮތަށް އިންތިޒާމްކޮށް، ދަތުރު ރިޕޯޓްތައް އެފަރާތްތަކުން ހޯދޭކަން ކަށަވަރުކުރުން.
    14. މޯލްޑިވްސް ޕޮލިޓެކްނިކްގެ ތިޖޫރީ ބެލެހެއްޓުންމުގެ އިންތިޒާމް ހަމަޖައްސައި، ތިޖޫރީ ބަލަހައްޓަމުންދަނީ ރަނގަޅަށްތޯ ކަށަވަރުކުރުން.
    15. އޮފީހަށްބޭންވާ ޙިދުމަތަތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖައްސުމާއި، އެފައިސާ ޙަރަދު ކުރެވޭނީ މާލިއްޔަރު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    16. މުވައްޒަފުންގެ މުސާރައާއި ނަގުދު ފައިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެފައިސާ ޙަރަދު ކުރެވެނީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    17. އޮފީހަށް ބޭނުންވާ ޙިދުމަތްތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި، ޙިދުމަތްތަކުގެ ބިލް ޙިދުމަތްތަކަށް ބުރޫނާރާގޮތަށް އަދާކުރެވޭކަން ކަށަވަރުކުރުން.
    18. އޮފީހުގެ ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  •  ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ،

ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމުގެ ތަޢުލީމީ ރޮނގުތަކަކީ:

-  އެކައުންޓިންގ

-  ފައިނޭންސް

މިމަޤާމުގެ ޕްރިފާރޑް ޑިސިޕްލިން ގޮތުގައި ކަނޑައަޅާފައިވަނީ:

-ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

- އެކައުންޓިންގ، ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޑިސެމްބަރ 2021 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ޑިސެމްބަރ 2021 އާއި 23 ޑިސެމްބަރ 2021 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305414 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ޑިސެންބަރު 2021