ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2021/43
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 09 ޑިސެންބަރު 2021 12:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
'ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް' ސާރވޭގެ ދެވަނަ ބުރުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

އިޢުލާން

'ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް' ސާރވޭގެ ދެވަނަ ބުރުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

          މިބިއުރޯގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް"ސާރވޭގައި ހަރަކާތްތެރިވުމަށް 12 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މި ސާރވޭ އަކީ ފޯނު މެދުވެރިކޮށް 7 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ސާރވޭއެކެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިގޮތުން، ޓެބްލެޓް ބޭނުންކޮށްގެން ޑޭޓާ އެންޓަރކުރަން އެނގުމާއި، މީހުންނާއި މުއާމަލާތު ކުރުމުގެ ހުނަރު ހުރުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

          އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 2 ނުވަތަ 3 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ.

          މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިއުރޯގެ ވެބްސައިޓްގައިވާ(http://statisticsmaldives.gov.mv/applicationform/hies)  ލިންކު މެދުވެރިކޮށް 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވޭނެއެވެ.

          މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008408 /  3008416އަށް ގުޅުއްވުން އެދެމެވެ.

                                ………………………………………………………………     

                                         05 ޑިސެމްބަރ 2021

05 ޑިސެންބަރު 2021